
ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި
# ސިއްހީ ވުޒާރާ# ށ. ފުނަދޫ# ސިއްހީ ދާއިރާ# ޑަޔަލިސިސް-
ށ.ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

އަތޮޅުތަކުގެ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ށ. ފުނަދޫ ހޮސްޕިތަލުގައި ޑަޔަލިސސްގެ ޚިދުމަތް ފެށުމާއި އެކު ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް މިހާރު ލިބިގެންދާނެއެ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.
ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބެންނެތް 8 އަތޮޅަކީ އއ، އދ، ވ، މ، ފ، ދ، ތ އަދި ގދ އަތޮޅެވެ. މި ޚިދުމަތް ލިބެން ނެތް 8 އަތޮޅުގައި މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ މާލެއާއި އެއް ފެންވަރަށް ޑަޔަލިސިސް ސެންޓަރުގެ ހިދުމަތް ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އަދި ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތައާރަފް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމާއި އެކު އެ އަތޮޅުން މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑުތަނުން ހަރަދު ކުޑަވެ އުފުލަމުންދާ ތަކުލީފުތަކަށް ލުއެއް ލިބިގެންދާނެއެވެ.
ށ އަތޮޅުގެ އާބާދީ 19000 ހާހަށްވުރެ ގިނައެވެ.