logoEN
cocacola
30 ރަށަކަށް ބޭނުންވާ ކުނި އުފުލާނެ ވެހިކަލް ހަވާލުކޮށްފި

30 ރަށަކަށް ބޭނުންވާ ކުނި އުފުލާނެ ވެހިކަލް ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

6/12/2024, 1:57:05 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

ވެހިކަލް ހަވާލުކުރުމުގެ ރަސްމިއްޔާތު

ރަށްރަށުގައި ކުނި މެނޭޖްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާއިން ހިންގަމުންދާ "މާގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް، އެވުޒާރާއިން އެރަށްރަށުގެ ރަށު ކައުންސިލްތަކާ މިއަދު ހަވާލުކޮށްފިއެވެ.

ގޮސިޔާ

މި ވެހިކަލްތައް ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ މިކަމަށް މިއަދު އެވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެވެ.

މިވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި އެވުޒާރާއިން ހިންގަމުންދާ މަޝްރޫޢު ގެ ދަށުން މިކަމަށް ރާއްޖެއަށް ގެނެސްފައިވާ މުޅިން އާ ވެހިކަލްތަކެކެވެ.

މި މަޝްރޫޢުގެ ދަށުން 78 ރަށަކަށް ވެހިކަލް ފޯރުކޮށްދިނުމަށް އެވުޒާރާއިންވަނީ ނިންމާފައެވެ. އެގޮތުން 22 ފެބްރުވަރީ 2024 ގައި އެވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި 48 ރަށެއްގެ ރަށު ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ. އެހެންކަމުން މިއަދު ރަށު ކައުންސިލްތަކާ ހަވާލުކުރި 30 ވެހިކަލަކީ ބާކީ ހުރި ރަށްތަކަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ވެހިކަލްތައް ކަމުގައި އެވުޒާރާއިންވަނީ ހާމަކޮށްފައެވެ.

އަދި މީގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މިމަޝްރޫޢުގެ ދަށުން 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު މިރަސްމިއްޔާތުގައި އެވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހީމްގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ޓަކެއުޗީ މިޑޯރީ އާއި މިރަށްރަށުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ. އަދި ވެމްކޯގެ އޮފިޝަލުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ވެހިކަލްތައް ހަވާލުކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ނިޒާމެއް އެކުލަވާލުމެވެ. އެގޮތުން ވޭތުވެދިޔަ 6 މަހުގައި 22 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށް ދީ އެއިކުއިޕްމަންޓް ހިންގާނެ ގޮތުގެ ތަމްރީންވެސް އެރަށުކައުންސިލްތަކަށް ފޯރުކޮށްދީފައިވާ ކަމުގައި ވަޒީރު ޠާރިޤް ވިދާޅުވިއެވެ. އަދި މީގެ އިތުރުން 45 ރަށަކަށް ހަމަ މިފަދަ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަގުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށް އެތަކެތި އޮގަސްޓް މަހު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަދިގެއިން އުކާލާ ކުނި ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމަށްޓަކައި އެކަމަށް ޚާއްސަ ޓެކްނޮލޮޖީ އެއް ރާއްޖެ ގެނެސް 4 ރަށެއްގައި މިހާރު އިންސްޓޯލްކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި އެވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މިޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ އިތުރު ރަށްތަކުގައިވެސް މި ޓެކްނޮލޮޖީ އިންސްޓޯލްކުރާނެ ކަމުގައި އެވުޒާރާއިންވަނީ ބުނެފައެވެ.

މިއަދު ރަސްމިޔާތުގައި ވާހަކަފުޅު ނިންމާލައްވަމުން ވަޒީރު ވިދާޅުވީ މިއަދު މިޙަވާލުކުރެވުނު ވެހިކަލްތަކަކީ ހިލޭ އެހީއެއްގެ ދަށުން ފޯރުކޮށްދީފައިވާ ތެކެތިކަމުގައިވިއަސް މިއީ އަގު ބޮޑު އެއްޗެއް ކަމުން މިއީ ދާއިމަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ. އެހެންކަމުން މިއަދު މިހަވާލުކުރެވުނު ވެހިކަލްތަށް އެއްމެ ރަނގަޅުގޮތުގައި ބޭނުންކޮށް އެރަަށްރަށުގެ ރައްޔިތުންނަށް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދީ މިގޮތަށް ފޯރުކޮށްދޭ ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިންކޮށް ބެލެހެއްޓުމަށް ރަށުކައުންސިލްތަކުގައި ވަޒީރުވަނީ އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ