logoEN
cocacola
ހަކަތައިގެ މޮޑެލިންގ ތަމްރީނަށް ބޭރުގެ ފަރާތަކާއެކު ސޮއިކޮށްފި

ހަކަތައިގެ މޮޑެލިންގ ތަމްރީނަށް ބޭރުގެ ފަރާތަކާއެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

9/8/2024, 8:06:22 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ހަކަތައިގެ މޮޑެލިންގ އާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ނިންމައިފި އެވެ.

ގޮސިޔާ

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ އެ މަސައްކަތަށް ވުޒާރާއާއިސްޓޮކްހޯމް އެންވަޔަރަންމަންޓް އިންސްޓިޓިއުޓް (އެސް.އީ.އައި) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން، #LEAP ސޮފްޓްވެއަރ ބޭނުންކޮށްގެން ހަކަތައިގެ މޮޑެލިންގ އާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގެ ގްރީންހައުސް ގޭސް (ޖީ.އެޗް.ޖީ) ބޭރުކުރާ މިންވަރު ދެނެގަތުމާއި، އެކަން މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެވުޒާރާއިން ފާހަގަކުރެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން، ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަކަތައިގެ ބޭނުންކުރުން އަދި އޭގެ އަސަރުތައް ދެނެގަތުމަށް ބޭނުންވާ ފަންނީ ހުނަރުތައް ލިބިގެންދާނެކަމަށް ވަނީ ބުނެފައި އެވެ.

އެސް.އީ.އައި އަކީ ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާއިން ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ