logoEN
cocacola
ރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެހެން ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް!

ރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެހެން ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް!

އަހުމަދު ޝުރާއު

logo

9/10/2024, 7:53:21 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ގުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަމާއި، މިންވަރު އަދި ތަކުރާރުވާ މިންވަރު އިތުރުވަމުންދާކަން މިނިސްޓަރ ޠާރިޤު އިބްރާހިމް ފާހަގަކުރައްވައިފި އެވެ.

ގޮސިޔާ

ތިމާވެއްޓާއި ބެހޭ މިނިސްޓަރު ތާރިގް މިކަންކަމުގެ މައްޗަށް އަލި އަޅުއްވާލެއްވީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިޔަށްދާ ސިޑްސްގެ ޚާއްސަ އިވެންޓެއްގައި މިއަދު ދެއްވި ތަގުރީރެއްގައި އެވެ.

މިގޮތުން ވިއްސާރަ، ބަނޑުހައިހޫނުކަން، ފެންބޮޑުވުން، އަލިފާނުގެ ހާދިސާތައް އަދި އެހެނިހެން ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން އިންސާނީ ގެއްލުންތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ހާދިސާތަކުގެ ސަބަބުން ދިރިއުޅުމަށާއި މުހިންމު އަސާސީ ވަސީލަތްތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާކަމަށާއި، މި ގެއްލުންތަކަކީ ގިނަ ފަހަރަށް އަނބުރާ ރުޖޫޢަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއްކަމަށެވެ. އަދި މީގެ ސަބަބުން މަދު ވަސީލަތްތައް ހުސްވަމުންދާ ކަމަށާއި، ބިން ގެއްލުމާއި، ފެނާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާވަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވުޖޫދު ގެއްލިދާނެކަމުގެ ބިރު ހީވަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. ދިވެހިރާއްޖޭގެ 80 އިންސައްތަ ރަށްތައް ހުންނަނީ މޫދުގެ ސަތަހައިން މީޓަރެއްގެ އުސްމިނުގައި ކަމަށާއި، 50 އިންސައްތަ ގެދޮރު ހުންނަނީ ގޮނޑުދޮށާ 100 މީޓަރު ދުރުމިނުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޫދުގެ ލޮނުގަނޑު އުފުލުމާއި ހަރުކަށި މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

މި ހާލަތުގައި ވެސް ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އިންސާނީ އަދި ސަލާމަތީ ނުރައްކާތަކާ ކުރިމަތިލުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ރަށްރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ހައްލުތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށާއި، ގުދުރަތީ ނިޒާމުތައް ރައްކާތެރިކުރުމަށް އިސްކަންދެމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. މިގޮތުން ތަރައްޤީވެފައިވާ ޤައުމުތަކާއި، ކުރީގައި ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޮޑަށް ބޭރުކުރި ޤައުމުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް ކުރިއަށް އަންނަންޖެހޭ ކަމަށް މިނިސްޓަރ ގޮވާލެއްވެވިއެވެ.

"އަޅުގަނޑު އަޅުގަނޑުމެންގެ ބައިވެރިންނަށް ގޮވާލަން، މޫސުމަށް އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ޖީލުގައި ދިމާވެފައިވާ އެންމެ ކުއްލި ހާލަތެއްގެ ގޮތުގައި ދެކި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އަޅުގަނޑުމެންގެ ކާބަފައިންގެ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް،" މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ފެން ޝޯޓޭޖާއި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަދު ވު ވަސީލަތްތަކުން ބޮޑެތި ހޭދަތަކެއް ކު ރަމުންދާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ. ނަމަވެސް މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަކީ އެހެން މައްސަލަތައް އިތުރަށް ގޯސްކޮށްލާ، އިޖްތިމާޢީ ހަމަނުޖެހުންތައް އުފެއްދުމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވެވިއެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ