logoEN
cocacola
ފަލަސްތީނަށް އެހީވާ ފަންޑަށް ރާއްޖެއިން ދޭ އެހީ 50,000 ޑޮލަރަށް އިތުރުކުރަނީ

ފަލަސްތީނަށް އެހީވާ ފަންޑަށް ރާއްޖެއިން ދޭ އެހީ 50,000 ޑޮލަރަށް އިތުރުކުރަނީ

އަލްފާ އަލީ

logo

6/12/2024, 5:49:11 AM

# ފަލަސްތީން

-

ފަލަސްތީނަށް އެހީވުމަށް އދ ގައި ހުޅުވާފައިވާ ރިލީފް ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދެމުން އަންނަ އެހީ 50,000 ޑޮލަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޒަމީރު މިހެން ވިދާޅުވީ, ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފެށުމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތުން ލިބޭ ފައިސާ ހަވާލު ކުރަން ނިންމާފައިވަނީ އދ.އިން 1948 ވަނަ އަހަރު ފާސްކޮށްފައިވާ ގަރާރަކުން ވުޖޫދަށް އައިސްފައިވާ ޔޫއެންއާރްޑަބްލިވްއޭއާ ކަމަށެވެ. މި ފަންޑަށް ރާއްޖެއިން އައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ދެމުން އަންނަކަމަށް ޒަމީރު ވިދާޅުވި އެވެ. ޒަމީރު އިތުރަށް ވިދާޅުވީ, އިސްލާއީލުން މިހާރު ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އދ ގެ ފަންޑަށް ރާއްޖެއިން ދެމުން އަންނަ އެހީ 10 ގުނަ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ މެދެވެރިކޮށް، ހާރިޖީ ވުޒާރާގެ ބެއްލެވުމުގެ ދަށުންކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދިއުމަށް މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަލަސްޠީނާމެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތު ޙާމަކުރައްވާ ޒަމީރު ވިދާޅުވީ 1967 ވަނަ އަހަރުން ފެށިގެން އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިންތަކުން، ޝަރުތެއް ނެތި އިސްރާއިލުން ފޭބުމާ، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރު އޮތުމުގެ ފުރުޞަތު ފަހިކުރުމަށް ގޮވާލާކަމަށެވެ. އަދި އދގެ ސަލަމާތީ މަޖިލީހުގެ ޤަރާރު 242 އަދި 338ގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ކަނޑައަޅައި އަމިއްލަ މިނިވަން އިސްތިގުލާލެއް އޮތް ދައުލަތެއް ގާއިމުކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ހުއްޓުމެއްނެތި ހިންގަމުންދާ އަމަލުތައް ކުއްވެރިކުރާކަމަށް ހާރިޖީ ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ފަލަސްތީނުގެ ދަޢުލަތަކީ އދގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް ޔޫއޭއީން ހުށައެޅި ގަރާރު ރާއްޖެއިން ކޯ ސްޕޮންސަރކޮށްފައިވާކަމަށެވެ. މިމަހުގެ 10ވަނަ ދުވަހު އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު، ފަލަސްތީނުގައި ހިންގަންމުންދާ ހަނގުރާމަ ހުއްޓާލަން ފާސްކުރި ގަރާރަށް ރާއްޖެއިން ތައީދުކޮށް މަރުހަބާ ކިޔާކަމަށްވެސް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ