logoEN
Sto top
ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް އިތުރު ހަތުފަތަކަށް ގެންދަން ޖެހޭ - ރައީސް

ފަލަސްތީނުގެ ހައްގުގައި ކުރާ މަސައްކަތް އިތުރު ހަތުފަތަކަށް ގެންދަން ޖެހޭ - ރައީސް

އަލްފާ އަލީ

logo

6/12/2024, 5:32:09 AM

# ފަލަސްތީން# ރައީސް މުއިއްޒު

-

ފަލަސްތީނުގެ ހައްގުގައި މިހާރު ކުރަމުން އަންނަ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ, "ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޕީއެސްއެމް އިންކުރިއަށް ގެންދާ ޓެލެތޯން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ, ފެށުނީއްސުރެ ދިވެހީން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށާއި, އަދި އަބަދުވެސް ދިވެހިން އަންނަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ, ކުރީން ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ނުކުރާ އެތައް ބަޔަކު މިއަދު ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި, އަދި ފަލަސްތީނުގެ ހައްގުގައި ދިވެހިން ކުރަމުން އަންނަ މަސައްކަތްވެސް އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފަލަސްތީނުގެ މައްސަލައަކީ ދެގައުމުގެ ދެމެދުގައި އޮތް މައްސަލައެއް ނޫންކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ, އެއީ މުޅި އިސްލާމީ އުންމަތަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުންވެސް މި ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside