logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު އޮރިކްސް ބަލިކޮށް ރެޑްހޯކްސް ތަށި ދިފާއުކޮށްފި

ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު އޮރިކްސް ބަލިކޮށް ރެޑްހޯކްސް ތަށި ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

6/11/2024, 4:15:29 PM

# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯލް މޯލްޑިވްސް# ފުޓްސަލް

ރެޑްހޯކްސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ ... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ އޮރިކްސް އާއި ރެޑްހޯކްސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 23-21 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެންޕިއަން ރެޑްހޯކްސް އިން ތަށި ދިފާއުކޮށްފިއެވެ.

ގޮސިޔާ

އޮރިކްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 26-38 ގެ ނަތީޖާއަކުން ތުޅާދޫ ބަލިކުރުމަށްފަހުއެވެ. އަދި އެންމެ ފަހުގެ ޗެންޕިއަން ރެޑްހޯކްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު 41-25 ގެ ތަފާތުބޮޑު ނަތީޖާއަކުން ކީންސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއް ޕޮއިންޓްގެ ލީޑަކާއެކު 10-11 ނަތީޖާއަކުން އޮރިކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ނިމެން ހަމިނެޓަށްވީއިރުވެސް ދެޓީމު އޮތީ 18-18 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ނަމަވެސް މެޗުގެ ފަހު ފަސް މިނެޓުގައި އޮރިކްސްގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، އޭގެ ފައިދާނަގައި ރެޑްހޯކްސް އިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސް ސްޕޯޓްސް ކުލަބުގެ ގޯލުކީޕަރު އައިޝަތު އާލާ އަލީ އެވެ. އެނާ ވަނީ މިމެޗުގައި އޮރިކްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިއާރުކަމާއެކު ދިފާއުކޮށް މިމެޗުން ރެޑްހޯކްސް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އައިޝަތު ރީމާ (އޮރިކްސް / ޕީޕީ )، ޒުލޭހާ އިބްރާހިމް (އޮރިކްސް / ސެންޓަރބެކް)، ފިރުޝާނާ ނަސީރު (ރެޑްހޯކްސް / ރައިޓްބެކް)، ޔަސްފާ އާދަމް (ރެޑްހޯކްސް/ ލެފްޓްބެކް)، ފާތުމަތު ޖުނާ (ރެޑްހޯކްސް / ރައިޓްވިންގް)، ފާތުމަތު ތުހުފާ (ރެޑްހޯކްސް / ލެފްޓްވިންގް ) އަދި އައިޝަތު އާލާ އަލީ (ރެޑްހޯކްސް / ގޯލުކީޕަރު) އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ