ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓި މަލާވީގެ ނައިބު ރައީސް އަވަހާރަވެއްޖެ
އަހުމަދު ޝުރާއު
6/11/2024, 11:02:01 AM
ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓި މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލީމާ އަވަހާރަވެއްޖެ އެވެ.
އުމުރުން 51 އަހަރުގެ ނައިބު ރައީސް ސައުލޯސް ޗިލީމާ އާއި އިތުރު 9 މީހަކު ދަތުރުކުރައްވަމުން ގެންދެވި މަތިންބޯޓު އިއްޔެ ވަނީ ގެއްލިފައެވެ. އަދި މަތިންދާބޯޓު ހޯުދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަތިންބޯޓު ވެއްޓިފައި އޮތްވާ ފެނިފައިވާކަން ދެންމެ އަގައުމުން ވަނީ ހާމަކޮށްފައެވެ.
މަލާވީގެ ނައިބް ރައީސް ސައުލޯސް ޗިލީމާ ގޮވައިގެން ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއްގެ ބައިތައް މަލާވީގެ ރެސްކިއު ޓީމުތަކުން ފެނިފައިވާއިރު، އެއްވެސް މީހަކު ސަލާމަތްވެފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެއެވެ.
އަންގާރަ ދުވަހުގެ މެންދުރު ފަހު އަސްކަރިއްޔާގެ މަސްދަރުތަކުން ބުނީ މޫސުން ގޯސްވެ މަތިންދާބޯޓު ގެއްލުނުތާ އެއް ދުވަސް ފަހުން އެ ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށެވެ.
އެގައުމުގެ ރައީސް ލަޒަރަސް ޗަކްވޭރާ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ވިދާޅުވީ ޖަންގައްޔަކަށް މަތިންދާބޯޓު ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި ދިހަ މީހުންގެ ތެރެއިން އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށެވެ.
މަތިންދާ ބޯޓު ވެއްޓުނު އިރު ދަތުރުކުރަމުން ދިޔައީ ވެރިރަށް ލިލޮންގްވޭއިން ފުރައިގެން ގާތްގަނޑަކަށް 370 ކިލޯމީޓަރު (230 މޭލު) ދުރުގައި އޮންނަ އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި މަތިންދާބޯޓު ފުރީ އެގައުމުގެ ގަޑިން އިއްޔެ ހެނދުނު 9:00 ޖެހި އިރުއެވެ.