logoEN
cocacola
"ފެނުން ދިރުން"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް!

"ފެނުން ދިރުން"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް!

އަހުމަދު ޝުރާއު

logo

6/10/2024, 6:52:00 PM

# ޔޫތު މިނިސްޓްރީ

--

ދުނިޔެގޭ ތިމާވެށީގެ ދުވަހާއި، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "ފެނުން ދިރުން"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ގޮސިޔާ

ޔޫތު މިނިސްޓްރީއިން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނެ އުމުރަކީ 18 އަހަރު ނުވަތަ އެއަށްވުރެ ދޮށީ އުމުރު ކަމަށާއި ހުރިހާ ބައިވެރިންވެސް 10 ޖުލައި ވާ ބުދަ ދުވަހުގެ މެންދުރުފަހު 3 ގެ ކުރިން "ފެނުން ދިރުން" ވެބްސައިޓުން އޮންލައިންކޮށް ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ.

އާޓް ވޯކްސް ހުށަހެޅުމަށް ހަމަޖެހިފައިވާ ޖުލައި 18، 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 ގެ ކުރިންނެވެ.

މި މުބާރާތުގެ އެއްވަނަ ދާ ފަރާތަށް 50،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ދާ ފަރާތަށް 35،000 ރުފިޔާގެ ފައިސާ އިނާމު އަދި ތިން ވަނައަށް 15،000 ރުފިޔާގެ ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން "ޕީޕަލްސް ޗޮއިސް"ގެ އެވާޑެއް ހޮވުމަށް ނިންމާފައިވާއިރު މިއީ މައުރަޒަށް ޒިޔާރަތްކޮށް ކުރެހުންތައް ބަލަންދާ ފަރާތްތަކުގެ މެދުގައި ވޯޓެއް ނެގުމަށްފަހު އެންމެ ގިނަ މީހުން އިޙްތިޔާރު ކުރާ ފަސް އާޓީސްޓުންނަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

މި މުބާރާތަށް އިންސާފުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ސެންޓަރ ފޯ ދި އާޓްސްއާއި، ޔޫތު މިނިސްޓްރީއިން ކަނޑައަޅާފައިވާ ހާއްސަ ޕެނަލްއަކުންނެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ ނަމުގައި ގަހެއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ