logoEN
cocacola
އެކުއެޑޯ އަތުން އާޖެންޓީނާއަށް އުނދަގޫ މޮޅެއް

އެކުއެޑޯ އަތުން އާޖެންޓީނާއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

6/10/2024, 3:28:37 PM

# ކޮޕާ އެމެރިކާ 2024# އާޖެންޓީނާ

އާޖެންޓީނާ އާއި އެކުއެޑޯ ވާދަކުރި މެޗުގެ ތެރެއިން

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ފަތިހު ދުނިޔޭގެ ޗެންޕިއަން އާޖެންޓީނާ އާއި އެކުއެޑޯ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މިމެޗަކީ ކުރިއަށް އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗުގެ ފުރަތަމަ 11 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ޑިމަރިއާގެ ބަދަލުގައި އޭނާ ވަނީ ކުޅެން ނުކުމެފަ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އާޖެންޓީނާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އަންހެލް ޑިމަރިއާ އެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ އާޖެންޓީނާއިންނެވެ. ނަމަވެސް މުޅި މެޗުގައި ވެސް އެ ޓީމަށް އެކުއެޑޯގެ ގޯލާ އަމާޒުކޮށްލެވުނީ އެންމެ ހަތަރު ހަމަލާ އެވެ. އަދި އެކުއެޑޯއަށް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.

ކޮޕަ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މި މުބާރާތުގެ ކުރިން އަދި ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެ އެވެ. މި މަހުގެ 15 ވާ ހުކުރު ދުވަހު ކުޅޭ މި މެޗުގައި އާޖެންޓީނާ އިން ނުކުންނާނީ ގުއަޓަމާލާއާ އާއި ދެކޮޅަށެވެ.

މި މަހުގެ ފަހުކޮޅު ފަށާ ކޮޕާ އެމެރިކާގައި އާޖެންޓީނާ ހިމެނިފައިވަނީ ގްރޫޕް އޭގަ އެވެ. އަދި މިގުރޫޕްގައި އާޖެންޓީނާގެ އިތުރުން ދެން ހިމެނެނީ ކެނަޑާ، ޗިލީ އަދި ޕެރޫ އެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އެ ޓީމުން ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ