logoEN
cocacola
ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާއި ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/10/2024, 2:10:45 PM

# ރާއްޖެ-އިންޑިއާ

ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާއި ބައްދަލުކުރެއްވުން

ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިންޑިއާގެ ރައީސް އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

ރައީސް މުއިއްޒު އާއި ރައީސް ދުރޫޕަދީގެ ބައްދަލުކުރެއްވުން އޮތީ މިއަދު އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސްމުރުމޫ ވިދާޅުވީ، ކުރު ނޯޓިސްއެއްގައި ރައީސް ޑރ.މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށެވެ. އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އިންޑިއާ ސަރުކާރުގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" އަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ޑރ.މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުރުމޫއަށް ޝުކުރު އަދާކުރައްވައި، އިންޑިޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިޔާއާއެކު އޮތް ގާތް އަދި ތާރީޚީ ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރާޝްތުރަޕަތީ ބަވަންގެ ގެސްޓް ބުކްގައި ސޮއިކުރެއްވީ ޑރ.މުޢިއްޒުއެވެ.

މި ބައްދަކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ