
އަމީރުލް ހައްޖު
ރާއްޖޭގެ މިއަހަރު އަމީރުލް ޙައްޖު، ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ޙައްޖަށް ފުރާވަޑައިގެންފި އެވެ.

މިއަހަރުގެ ޢަމީރުލް ޙައްޖުގެ ގޮތުގައި ޑރ ޝަފީއު ކަނޑައެޅުއްވީ ރރައީސުލްޖުމޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.
ވަޒީރު ޑރ. ޝަފީޢު ފުރާވަޑައިގެންނެވީ މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕާއެކުއެވެ.
ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށާއި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ.
އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލެވުމުގެ ދަށުންނެވެ.
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް 1100 އަށްވުރެ ގިނަ ހައްޖާޖީން ވަނީ ފުރާފައި އެވެ. 4 ގްރޫޕަކަށް ބަހާލައިގެން ހައްޖާޖީން ފުރިއިރު 150 ހައްޖާޖީންނާއި އެކު ފަހު ގްރޫޕު ފުރީ މިއަދު އެވެ.