![ޑީއެސްސީ ކަޓުވާލުމަށްފަހު ޖީބީ ސްޕޯޓްސް ކުލަބު ފައިނަލަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F6%2F1000009301(1).jpg&w=3840&q=75)
ޑީއެސްސީ ކަޓުވާލުމަށްފަހު ޖީބީ ސްޕޯޓްސް ކުލަބު ފައިނަލަށް
# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްޑީއެސްސީ އާއި ޖީބީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ޖީބީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 36-24 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖީބީ ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ޖީބީ ސްޕޯޓްސް ކުލަބު ސެމީ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުމް މޮޅުވިއިރު، އެއްމެޗުން ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޕޮއިންޓްގެ ލީޑަކާއެކު 13-15 ގެ ނަތީޖާއަކުން ޖީބީ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޖީބީ ސްޕޯޓްސް ކުލަބުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު 21 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޑީއެސްސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ 11 ލަނޑެވެ.
އެގޮތުން މިމެޗުގައި ޖީބީ ސްޕޯޓްސް ކުލަބުގެ ފިރުނަސް އަބްދުﷲ 13 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަބްދުﷲ ނާޖީ އަދި އިބްރާހިމް އަޒުހާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ އާދިލް ރަޝީދު އަބްދުލް ރަހުމާން ހަތަރު ލަނޑު، އިސްމާއިލް ފަރުހާން ތިން ލަނޑު، އަބްދުﷲ ޒިޔާއު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާދަމް އަމީލް އަމީން އަދި މުހައްމަދު ނުސޫހް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޑީއެސްސީގެ މުސްތަފާ މުހައްމަދު ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ނާބިތު އިސްމާއިލް އަދި އަހުމަދު ނަޖީބު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ މުހައްމަދު މަހުދީ ހަތަރު ލަނޑު، އަހުމަދު ރަޝީދު ދެލަނޑުގެ އިތުރުން ގޯލުކީޕަރު އަހުމަދު ނަވާޒު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީބީ ސްޕޯޓްސް ކުލަބުގެ ފިރުނަސް އަބްދުﷲ އެވެ.
މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނުއިރު، މުބާރާތުގެ ފައިނަލު ޖާގަ ހޯދާފައި ވަނީ ޖީބީ ސްޕޯޓްސް ކުލަބުގެ އިތުރުން ވެލިދޫ ޔުނައިޓެޑެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހުފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ އެވެ.
ގުޅުންހުރި
!["ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަށް އާރުޑީއެލް އިން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A3240.jpg&w=3840&q=75)
"ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަށް އާރުޑީއެލް އިން ހޯދައިފި
![ވާދަވެރި ކުޅުމަކަށްފަހު ސައުތުވެސްޓް ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A1910.jpg&w=3840&q=75)
ވާދަވެރި ކުޅުމަކަށްފަހު ސައުތުވެސްޓް ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި
![ަެވާދަވެރި ކުޅުމަކަށްފަހު ޑީއެސްސީ ބަލިކޮށް އާރުޑީއެލް ފައިނަލަށް](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A0989.jpg&w=3840&q=75)
ަެވާދަވެރި ކުޅުމަކަށްފަހު ޑީއެސްސީ ބަލިކޮށް އާރުޑީއެލް ފައިނަލަށް
![ސީދާ ދެ ސެޓުން ޒެފަރސް ބަލިކޮށް ފައިނަލްގެ ދަވަނަ ޖާގަ ސައުތުވެސްޓް އިން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F082A0861%20(1).jpg&w=3840&q=75)