logoEN
cocacola
28 ވަޒީފާގެ ފުރުޞަތާއެކު އެމް.އެން.ޔޫ ޖޮބް ފެސްޓިވަލް ތިނަދޫ ކެމްޕަހުގައި މާދަމާ ފަށާނެ!

28 ވަޒީފާގެ ފުރުޞަތާއެކު އެމް.އެން.ޔޫ ޖޮބް ފެސްޓިވަލް ތިނަދޫ ކެމްޕަހުގައި މާދަމާ ފަށާނެ!

އަހުމަދު ޝުރާއު

logo

6/8/2024, 4:43:56 PM

# އެމްއެންޔޫ

މިދިޔަ އަހަރު ތިނަދޫގައި ކުރިޔަށް ގެންދިޔަ އެމްއެންޔޫ ޖޮބް ފެސްޓިވަލް

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން އިންތިޒާމްކޮށްގެން ބާއްވާ ޖޮބް ފެސްޓިވަލް މާދަމާ މުޅި ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ތިނަދޫ ކެމްޕަސްގައި ކުރިޔަށްގެންދާ ޖޮބް ފެސްޓިވަލްގައި ހުވަދު އަތޮޅުން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތަކެއްގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ގޮސިޔާ

ޖޫން 9 އަދި 10 ވަނަ ދުވަހު ތިނަދޫ ކެމްޕަހުގައި "ފަހި ފުރުޞަތު"ގެ ނަމުގައި ކުރިއަށްދާ މިފެސްޓިވަލަކީ ޔުނިވާރސިޓީން ކިޔަވައިގެން ނިކުންނަ ދަރިވަރުންނާއި، ވަޒީފާގެ ފުރުޞަތު ބޭނުންވާ އެހެނިހެން ފަރާތްތަކަށް، ތިނަދޫ ސިޓީއިން ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކާއި، ތިނަދޫ ސިޓީގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅޭ މަޢުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމަށް ބާއްވާ ފެސްޓިވަލެކެވެ.

އެމް.އެން.ޔޫ ޖޮބް ފެސްޓިވަލަކީ ކުރީ އަހަރުތަކުގައިވެސް ވަރަށް ގިނަ ފަރާތްތަކަކުން ބައިވެރިވި، ވަރަށް ތަރުހީބު ލިބޭ ވަޒީފާގެ ބާޒާރެކެވެ.

މި ފެސްޓިވަލްއާއި ގުޅޭގޮތުން ގާފު ނޫހަށް މަޢުލޫމާތު ދެއްވަމުން އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ މެނޭޖަރ ޑރ.ލަވްޝާ މުޙައްމަދު ވިދާޅުވިގޮތުގައި މިފަހަރުގެ ޖޮބް ފެސްޓިވަލުގައި ބައިވެރިވި މުވައްސަސާތަކުގައި މިހާރު ހުރި އަދި މި އަހަރު ތެރޭގައި ހުޅުވާނެ 28 ވަޒީފާގެ ފުރުޞަތުގެ މަޢުލޫމާތު މި ޖޮބް ފެސްޓިވަލުގައި ފޯރުކޮށްދެވޭނެއެވެ.

މިފަހަރުގެ ޖޮބް ފެސްޓިވަލުގައި ތިނަދޫ ސިޓީއިން ޖުމްލަ 12 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.

އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ ޖޮބް ފެސްޓިވަލުގައި ބައިވެރިވާ މުވައްސަސާތައް:
  1. ވިލާ އެއަރ ކާޑެއްދޫ އެއަރޕޯޓު
  2. ޑރ. ޢަބުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލު
  3. އެން.އެޗް. ކަލެކްޝަން މޯލްޑިވްސް ހަވޮއްޑާ ރިސޯޓު
  4. ދިރާގު
  5. ބިޒްނެސް ސެންޓަރ ކޯޕަރޭޝަން
  6. ތިނަދޫ ސިޓީ ކައުންސިލު
  7. ގދ. އަތޮޅު ކައުންސިލު
  8. ވީޓް ޖަމިއްޔާ
  9. ވެމްކޯ
  10. ބީ.އެމް.އެލް.
  11. އެމް.ޓީ.ސީ.ސީ
  12. އެމް.އެން.ޔޫ

މި ފެސްޓިވަލްގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުވައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމުކޮށްދިނުމާއި، އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޖޮބް ފެސްޓިވަލް ހުޅުވިފައި ހުންނާނެ ގަޑިތައް:
  • 9 ޖޫން 2024: 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް
  • 10 ޖޫން 2024: 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް

ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި، މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމާއި އެކު ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުންވެސް މި ފެސްޓިވަލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ