logoEN
cocacola
ކޮލަމްބިއާއިން ޔަހޫދީ އިޒްރޭލަށް ކޯލް ވިއްކުން ހުއްޓާލައިފި

ކޮލަމްބިއާއިން ޔަހޫދީ އިޒްރޭލަށް ކޯލް ވިއްކުން ހުއްޓާލައިފި

އަހުމަދު ޝުރާއު

logo

6/8/2024, 4:38:37 PM

# އިސްރާއިލް

ކޮލަމްބިއާއިން ޔަހޫދީ އިޒްރޭލަށް ކޯލް ވިއްކުން ހުއްޓާލާނެކަން އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ މިއަދު ވިދާޅުވީ ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ކުރިއަށް ދާއިރު، އެ ގައުމަށް ކޯލް އެކްސްޕޯޓް ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

"ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލަށް ކޯލް އެކްސްޕޯޓް ކުރުން ހުއްޓާލާނަން،" އެކްސްގައި އޭނާ ލިޔުއްވާފައިވެ އެވެ.

އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ "ޖަރީމާއެއް" ކަމަށް ސިފަކުރައްވާ ޕެޓްރޯ މިދިޔަ މެއި މަހު ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން ކޮލަމްބިއާ އިން އިސްރާއީލާ ގުޅުން ކަނޑާލާނެ ކަން އިއުލާން ކޮށްފަ އެވެ.

މިއީ ކޮލަމްބިއާ ފަދަ އަމިއްލަ އުފެއްދުންތެރިކަން ވަރުގަދަ ގައުމަކުން އިޒްރޭލާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ