.jpeg&w=3840&q=75)
ދިވެހި ހައްޖާޖީން
ސައުދީ އަރަބިއާއަށް ހައްޖު މަހުގެ ހަނދު މިރޭ ފެނިއްޖެ އެވެ.

ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާކަން ސާބިތުވެފައި ވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.
މިއާއި އެކު އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ މި މަހު 16 ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ހިޖުރީ ކަލަންޑަރުގައި ކުރިން އޮތް ގޮތުން ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އަދި އަރަފާތު ދުވަހަކީ މި މަހު 16 އެވެ. އަދި ބޮޑު އީދު ދުވަހަށް ވަނީ މި މަހު 17 އެވެ.
މިއާއި އެކު ދާދި ދެންމެ އަކު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު ވަނީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސްކަމަށާއި، ޢަރަފާތު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަން އިއުލާނުކުރައްވާފައި އެވެ.