ކުށުގެ ރިކޯޑު ދުވަހުން ދުވަހަށް ލިބޭ ގޮތް ޕީޖީ އޮފީހުން ހަމަޖައްސައިފި
އަހުމަދު ޝުރާއު
6/6/2024, 3:12:52 PM
ޕީޖީ ޝަމީމް
ކުށުގެ ރެކޯޑު ސާފުކޮށް ދިނުން އިތުރަށް އަވަސްކޮށް، ހަލުވިކޮށް، ދުވަހުން ދުވަހަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހެޅި ދުވަސް ދޫކޮށްފައި، ޖެހިގެން އަންނަ ދުވަހެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީހުގެ އަމާޒަކީ އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށެވެ. މިއާއި އެކު މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމްތައް އެ ދުވަހުގެ މެންދުރު 1:30 ގައި ލިބޭ ގޮތަށް ދުވަހުން ދުވަހަށް ކުށުގެ ރިކޯޑު ސާފު ކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި އެ ދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމްތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށް ޕީޖީ އޮފޯހުން ބުންޏެވެ.
މީގެ އިތުރުން، އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް އެއޮފީހުން މިހާރުވެސް ދެ އެވެ.