logoEN
cocacola
ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

9/17/2024, 6:33:10 AM

# ޕީޖީ އައްބާސް# ޕީޖީ އޮފީސް

--

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގޮސިޔާ

ދައުރުން ބޭރުން ބޭއްވި ތިން ވަނަ ޖަލްސާގައި ޕީޖީ ކަމަށް އައްބާސް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން މިގޮތަށް ފާސްކުރުމުން ޕްރޮސިކިއުޓާ ޖެނެރަލްކަމުގެ މަޤާމަށްއައްބާސް ޝަރީފް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ބެލެވޭ ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރައީސް މުއިއްޒު ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރައްވާނެ އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް، މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެކަމަކު ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، އެ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ނިންމީ ޝަމީމް މަގާމުން ވަކިކުރުމަށެވެ.

ޕީޖީގެ މަގާމު ހުސްވެއްޖެ ނަމަ، ލަސްވެގެން 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަގާމަށް އައްޔަންކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ