
ގިނަ ހަރަކާތްތަކަކާއިއެކު އީދު ފާހަގަކުރުން މިފަހަރު ދިއްދޫގައި ކުލަގަދަކޮށް, މަދުވެގެން 10 މިނިޓަށް ހަވާވެސް އަރުވާނެ!
# ހއ. ދިއްދޫދިއްދޫ އީދު އުފާ
ހަވާ އެރުވުމާއި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކާ އެކު މި އަހަރުގެ ބޮޑު އީދު، ވަރަށް ކުލަގަދަކޮށް ހއ. ދިއްދޫގައި ފާހަގަކުރަން ނިންމައިފި އެވެ.

ދިއްދޫގައި އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދިއްދޫ ޒުވާނުންގެ އިސްނެންގުމުގެ މަތިން ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ބާރަލާ ސްޕޯޓްސް ކްލަބާއި ރަށު ކައުންސިލް ގުޅިގެންނެވެ.
ދިއްދޫގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ރާއްޖޭގެ މަޝްހޫރު އެތައް ފަންނާނުން ބައިވެރިވުމަށް މިހާރު ވަނީ އެއްބަސްވުންތަކުގައި މިހާރު ސޮއިކޮށްފައި އެވެ.
އީދު ހަރަކާތްތަކާއި ގުޅޭގޮތުން އިންތިޒާމުކުރުމުގެ އުޅޭ ފަރާތަކުން ގާފު ނޫހަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ އީދޫ ފާހަގަކުރުމަށްޓަކައި އީދު ދުވަހުގެ ރޭ ކުޅިވަރުތައް ފަށަނީ ވެސް ހަވާ އެރުވުމުން ކަމަށެވެ އެ ހަވާ ކުރިއަށް ދާނީ ރާއްޖޭގައި އާންމުކޮށް ނުބާއްވާހާ ދިގުމިނަކަށް ކަމަށާއި މަދުވެގެން 10 މިނިޓަށް ކުރިޔަށްދާނެ ކަމަށް ވަނީ ބުނެފައި އެވެ.
އީދު ދުވަހު ހަވީރު، ރާއްޖޭގެ މަޝްހޫރު ހަބޭސް ބޮޑުބެރު ގުރޫޕުން ދަފި ނެގުމާއި މާލި ނެރުން ފަދަ ސަގާފީ ކުޅިވަރުތައް ކުޅުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ދިއްދޫގެ ސްޓޭޖްގައި ގްރޫޕްތަކުންނާއި ވަކިވަކި ފަންނާނުންގެ ޝޯތައް ބޭއްވުމަށް ވަނީ ނިންމާފައި އެވެ.
އެގޮތުން:
ފުރަތަމަ ރޭ: ހަބޭސް ބޮޑުބެރު ގުރޫޕުގެ ބޮޑުބެރު
ދެ ވަނަ ރޭ: ކާއްޓޭ ދި ވާންޗޯގެ ކޮމެޑީ
ޝޯތިން ވަނަ ރޭ: މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މީރާ މުހައްމަދާއި ޒާރާ މުޖުތަބާގެ ޝޯ
ހަތަރު ވަނަ ރޭ: ގޮމަ ގުރޫޕުގެ ހަރަކާތްތައް
ފަސް ވަނަ ރޭ: އެކުއެޓިކް ވައިބް މިއުޒިކް ބޭންޑްގެ ޝޯ
މީގެ އިތުރުން ބައިބަލާ އާއި ވާދެމުން ބޮއްކުރާ ރޭސް ފަދަ ކުޅިވަރުތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
ދިއްދުއަކީ ބޮޑު އީދު ފާހަގަކުރުމުގައި ކުރިންވެސް ނަމޫނާ ރަށެކެވެ. އެގޮތުން 1990 ގެ އަހަރުތަކުގައި އޭރުގެ އެންމެ މަޝްހޫރޫ ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި އޭނާގެ ފްރީޒް ބޭންޑުގެ އެއް މަންޒިލަކީވެސް ދިއްދޫއެވެ.
ނަމަވެސް އޭގެ ފަހުން 2000 ގެ އަހަރުތަކުގެ ކުރީކޮޅާއި މެދުތެރޭގައި އިންޑިއާގެ ޓީވީ ތަރިންވެސް ދިއްދުއަށް ގެންގޮސް ބޮޑެތި ޝޯތަކެއް ވަނީ އެރަށުގައި ބާއްވާފައި އެވެ. މިއަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ދިއްދޫ ތައްޔާރުވަމުން ދަނީ ކުލަ ގަދަކޮށް ބޮޑު އީދޫ ފާހަގަނުކުރާތާ އަހަރުތަކެއް ފަހުންނެވެ.
އެކި ރަށްރަށުން ވެސް ދިއްދޫގެ ހަރަކާތްތައް ބަލަން ދިއްދޫ ރައްޔިތުން ވަނީ ދައުވަތު ދެއްވާފައެވެ.
ގުޅުންހުރި
ދިއްދޫއަށް ދެން ވަޑައިގަންނަވާނީ، އެ ރަށުގެ އެއަރޕޯޓަށް ޖައްސާ މަތިންދާބޯޓުގައި - ރައީސް

ދިއްދޫގައި ގާޢިމްކުރާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމުމަކާއި ގާތަށް!

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް
