logoEN
cocacola
އިޒްރޭލު ޕާސްޕޯޓު މަނާކުރުމާއި އެކު އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް!

އިޒްރޭލު ޕާސްޕޯޓު މަނާކުރުމާއި އެކު އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް!

އަހުމަދު ޝުރާއު

logo

6/5/2024, 4:16:16 PM

# ރާއްޖެ - ފަލަސްތީން# އިސްރާއިލް

ބިލް ހުށަހަޅާ ގޮތެއިމާ

އިސްރާއީލްގެ ޕާސްޕޯޓު މަނާކޮށް، އެމީހުން ރާއްޖެ އަށް އެތެރެވުން ހުއްޓުވާ ނަމަ، އެމެރިކާގެ އެހީ ރާއްޖެ އަށް ނުދީ ހިފަހައްޓަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

ގޮސިޔާ

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެ ބިލް ފަރުމާ ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ކޮންގްރެސްގެ މެމްބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާއެވެ.

އެމެރިކާގެ "އެކްސިއޯސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތެއިމާއަކީ އިސްރާއީލްގެ ދިފާއުގައި އެންމެ ވަރުގަދަ އަށް އަޑު އުފުއްލަވާ އެއް މެމްބަރެވެ. އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ މެމްބަރެއް ކަމަށްވާ ގޮތެއިމާ ބިލު ހުށަހަޅަނީ ވެރިކަން ކުރާ ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއީދާ އެކު ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ގޮތެއިމާ އާއި އޭނާގެ ޕާޓީގެ މެމްބަރުން މަސައްކަތް ކުރަނީ "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް" ނުވަތަ ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ނަމުގައި ބިލެއް ހުށަހެޅުއްވުމަށެވެ.

ގޮތެއިމާ ނެރުއްވި ބަޔާނެއްގައި ވަނީ އިސްރާއީލްގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވުމަކީ ޔަހޫދީންނާ މެދުގައި ނަފްރަތު އުފެއްދުމަށް ކެބިނެޓުން ކުރި ކަމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު އެމެރިކާ ޑޮލަރު ދޭން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އިން އިސްރާއީލްގެ ރައްޔިތުންނަށް އެތެރެ ނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ޔަހޫދިންނާ މެދުގައި ނަފްރަތު އުފައްދަން ކުރި ކަމެއް. އެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު އެމެރިކާ ޑޮލަރުގެ އެންމެ ސެންޓެއް ވެސް ރާއްޖެއަށް ދޭން ނުޖެހޭނެ،" އެ ބަޔާނުގައިވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއިން ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ)ގެ މާލީ އެހީތެރިކަން ރާއްޖެއަށް ވަނީ ދީފައި އެވެ. މިއީ އެމެރިކާ ފަދަ ބޮޑު ގައުމަކުން ރާއްޖެއަށް ދީފައިވާ އެންމެ ކުޑަ އެއް އެހީ އެވެ.

އެމެރިކާގެ މެމްބަރަކު މިފަދަ ބިލެއް ހުށަހަޅަން ނިންމި އިރު ރާއްޖެ އަކީ ފަލަސްތީނުގެ ހައްގުގައި ދުނިޔޭގެ އެތައް ގިނަ ގައުމަކަށް ކުރަން ނުކެރުނު އިސްރާއިލް ޕާސްޕޯޓު މަނާކުރުމަށް ކެރުނު ގައުމެވެ. މަދު އަދަދެއްގެ ގައުމުތަކުން މިހާރު ވެސް އިސްރާއީލުގެ ޕާސްޕޯޓް މަނާކޮށްފައިވީ ނަމަވެސް ރާއްޖޭގެ ސަރުކާރުން ނިންމި ނިންމުން ވެގެން ދިޔައީ އިޒްރޭލަށްވެސް ހަޖަމް ނުކުރެނުނު ކަމަކަމަށެވެ. އެގޮތުން މީސް މީޑިއާގައި ޔަހޫދީން ދަނީ ރާއްޖެ ބޮއެކޮޓް ކުރުމަށް ގޮވާލަމުންނެވެ. އެމެރިކާއާއި ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކައް ވާގިވެރިވެ ހަތިޔާރު ފޯރުކޮށްދޭ ކުންފުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ