
--
އާސަންދަ ރެކޮމެންޑޭޝަން ފޯމް ދެން ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން މިއަދު ބުނެފައިވަނީ 2024 ޖޫން 1 ވަނަ ދުވަހުން ފެށިގެން އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަންނަނީ ހަމައެކަނި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މީގެ ކުރިން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ޑޮކްޓަރުން މެނުއަލްކޮށް އަތުން ފުރާ ރެކޮމެންޑޭޝަން ފޯމްތަކަށް އާސަންދަ ހަމަޖައްސައިދެއެވެ. ނަމަވެސް އުސޫލަށް ގެނެވުނު ބަދަލާއެކު ޖޫން މަހުން ފެށިގެން ޑޮކްޓަރުންގެ ރެކޮމެންޑޭޝަން ފޯމް ފޮނުވަން ޖެހޭނީ އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެއެވެ.
އެކުންފުނިން ބުނެފައިވަނީ އެ ލިޔުމާއެކު ދެން ހުށަހަޅާ ލިޔެކިޔުންތައްވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި, އެހެންކަމުން މެނުއަލް ރެކޮމެންޑޭޝަން ފޯމްތައް ބަލައިގަތުން ހުއްޓާލާފައިވާ ކަމަށެވެ.
އާސަންދައިގެ ހިދުމަތް ފުޅާކޮށް, ރައްޔިތުންނަށް ފަސޭހަ ހިދުމަތަކަށް މި ހިދުމަތް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔޫއޭއީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް އާސަންދަ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި

ހާއްސަ ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އައިނު ހެއްދުމަށް 17 ތަނަކުން އާސަންދަ ހިދުމަތް މިހާރު ލިބޭނެ




