
--
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު, މިދިޔަ ހޯމަ ދުވަހާ ހަމައަށް ރާއްޖެ އަށް ޖުމްލަ 903،775 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި އަދަދާ ބަލާއިރު 10 ޕަސެންޓް އިތުރު އަދަދެެކެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. މިގޮތުން ހޯމަ ދުވަހާ ހަމައަށް ޗައިނާއިން އެކަނިވެސް 102,075 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ރަޝިއާއިން އައިސްފައިވަނީ 91،618 ފަތުރުވެރިންނެވެ. ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 85،840 ފަތުރުވެރިން ވަނީ އައިސްފައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3519 ފަތުރުވެރިން އަންނަ އިރު, ރާއްޖޭގައި ފަތުރުވެރިން އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ރާއްޖެއިން މިއަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެކަމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތެކެއްކުރަމުންނެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
