logoEN
cocacola
ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަން ރުފިޔާ!

ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަން ރުފިޔާ!

އަހުމަދު ޝުރާއު

logo

6/4/2024, 5:07:38 PM

# ބިދޭސީން# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފިއެވެ.

ގޮސިޔާ

ހޯމް ލޭންޑް މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބެލެވޭ -/1،765،704،400ރ އެބަހުރި ކަމަށާއި އެހެންކަމުން މި ފައިސާ މި މަހުގެ 18 ގެ ނިޔަލަށް ދެއްކުމަށެވެ.

އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް އާންމުކޮށް އިއުލާނު ކުރުމާއިއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެމިނިސްޓްރީއިން އިތުރަށް ބުނީ ވަޒީފާދޭ 10،619 ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީން ރާއްޖޭގައި އެބަ ތިބި ކަމަށެވެ.

އިތުރު މައިލޫމާތު ސާފުކުރުމަށް 1500 ގުޅަވައި ނުވަތަ އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެމިނިސްޓްރީއިން މިއަދު ކުރި އެެހެން އިއުލާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއިގުޅޭ އުޞޫލުތައް މުރަޖަޢާކުރުމާއި، އަދި މިހާރު ޢަމަލުކުރަމުންދާ ނިޡާމްގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ، ޚިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޡާމެއް ޤާއިމްކުރުމުގެ މަސައްކަތް އެމިނިސްޓްރީއިން ކުރަމުންދާކަމަށެވެ.

މިއާއި އެކު މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ޚިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމަށާއި އެހެންކަމުން، މިކަމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ވަނީ މަޢާފަށް އެދިފައި އެވެ.

އަދި ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ޚިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަން ވެސް ވަނީ ހާމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ