logoEN
cocacola
 ފީތަކާއި ޖޫރިމަނާނުދައްކާ ނަމަ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލާނެ ކަމުގެ އިންޒާރު!

ފީތަކާއި ޖޫރިމަނާނުދައްކާ ނަމަ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލާނެ ކަމުގެ އިންޒާރު!

އަހުމަދު ޝުރާއު

logo

8/18/2024, 6:52:17 AM

# ބިދޭސީން

--

ރާއްޖޭގައި މަސައްކަތް ކުރަން ގެންނަން ބިދޭސީންނާ ގުޅޭ ހިދުމަތްތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާނުދައްކާ ނަމަ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް މިނިސްޓްރީން ދީފި އެވެ.

ގޮސިޔާ

މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ 100000ރ. އަށް ވުރެ އިތުރުވާ ،ވަޒީފާދޭ ފަރާތްތައް މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފައިސާ ދައްކާ ހަލާސްކުރުމަށްދިން މުހުލަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި މި ތާރީހާއި ހަމައަށް ފައިސާ ދައްކާފައި ނުވާ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރެވި ސިސްޓަމް މެދުވެރިކޮށް ދެމުން ގެންދާ ހިދުމަތްތައް މެދުކަނޑާލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ އަދި އޭގެ ޖޫރިމަނާ ވެސް ހިމެނޭ ގޮތަށް 100،000ރ. އަށް ވުރެ މަތިން ދައްކަން ޖެހޭ ކުންފުނިތަކުގެ ލިސްޓެއް މިދިޔަ މަހު 24 ގައި ސަރުކާރުން އާންމުކުރި އެވެ.އަދި އޭގެ ފަހުން މިދިޔަ ބުދަ ދުވަހާ ހަމައަށް ފީގެ ގޮތުގައި ދައްކަން ޖެހޭ 182 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި އެފީތައް ދެއްކި ކުންފުނިތަކުގެ ނަންތައް ވަނީ އެމިނިސްޓްރީން އާންމުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ