logoEN
cocacola
ކޮމިއުނިކޭޝަންސް އޮތޯރިޓީ, ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް!

ކޮމިއުނިކޭޝަންސް އޮތޯރިޓީ, ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް!

އަހުމަދު ޝުރާއު

logo

9/10/2024, 2:33:36 PM

# ކޭމް# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ކޮމިއުނިކޭޝަން އޮތޯރިޓީ ހިންގަމުން އަންނަ ޓެލެކޮމް ބިލްޑިންގ - ފޮޓޯ : ރާއްޖެ އެމްވީ

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް, މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކޮށްފި އެވެ.

ގޮސިޔާ

މިކަން ހާމަކުރައްވައި ރައީސް އޮފީހުން މިއަދު ބުނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން ހިނގަމުންއައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެގޮތުން މި ނިންމެވުން ރައީސް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ބެލެނެވެރި ފަރާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ