logoEN
cocacola
ކޮކާ ކޯލާ ފައުންޑޭޝަންގެ އެހީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ގާއިމްކުރުމަށް ވެމްކޯއާއި އެމްއޯޕީއޭއިން އެއްބަސްވެއްޖެ

ކޮކާ ކޯލާ ފައުންޑޭޝަންގެ އެހީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ގާއިމްކުރުމަށް ވެމްކޯއާއި އެމްއޯޕީއޭއިން އެއްބަސްވެއްޖެ

އަހުމަދު ޝުރާއު

logo

6/4/2024, 12:20:28 PM

# ވެމްކޯ# މޯޕާ# ކޮކާ ކޯލާ ފައުންޑޭޝަން

ވެމްކޯއާއި މޯޕާއި ދެމެދު ސޮއިކުރުން

ޕެޓް ޕްލާސްޓިކް ރިސައިކަލް ކުރުމަށްޓަކައި މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލާޔަންސް (އެމްއޯޕީއޭ) އާއި ދެމެދު ސޮއިކޮށްފި އެވެ.

ގޮސިޔާ

މި އެއްބަސްވުމުގައި ސޮއިކޮށްގައިވަނީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ. މި އެއްބަސްވުމުގައ ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ. އެމްއޯޕީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އަހުމަދު މައުމޫން އެވެ.

ވެމްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ޕެޓް ޕްލާސްޓިކް ނެގުމާއި ރީސައިކަލް ކުރުމުގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް (އެމްއާރްއެފް) ޤާއިމުކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް ފެސިލިޓީ ގާއިމްކުރެވިގެންދާނެ ސަރަހައްދެއް ވެމްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ވެމްކޯއިން އިތުރަށްބުނީ މި ޕްރޮޖެކްޓަކީ ކޮކާކޯލާ ކުންފުނީގެ ކޮކާ-ކޯލާ ފައުންޑޭޝަންގެ ފަންޑިންއާއި އެކު ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަަަމަށެވެ.

އެމްއާރްއެފް އަކީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެކެވެ. މިއީ، ވަށާޖެހޭ އިގްތިސާދެއް ގާއިމުކުރުމާއި، ކުނި މެނޭޖުކުރުމާއި، ތަޣައްޔަރުވުން ހުއްޓުވުމަށާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށާއި، ޕެޓް ފަދަ އަލުން ބޭނުންކުރެވޭ ތަކެތީގެ ބޭނުންތެރިކަން ފުޅާކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެކެވެ. އަދި ކުނި ނެގުން ފަދަ ސިނާއަތްތައް އުފައްދައި މުޖުތަމައުއަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ފަދަ ކަންކަމަށް ވެސް އެމްއާރްއެފްތަކުން ބާރު އަޅައެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަނާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) މިދިޔަ އަހަރުގެ ޖޫން މަހު ވަނީ ހުޅުވާފައި އެވެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމަށްޓަކައި ގެންނަން ޖެހޭ ޒަމާނީ ބަދަލުތަކާއި ތިމާވެއްޓާއި ގުޅުންހުރި ރިސޯސަސް ގާއިމްކުރުމަށް ވެމްކޯގެ އައު މެނޭޖްމެންޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދަ ކޮކާ-ކޯލާ ފައުންޑޭޝަނަކީ ކޮކާ-ކޯލާ ކުންފުނީގެ ބައިނަލްއަގުވާމީ ރޮނގުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. 1984 ވަނަ އަހަރު ގާއިމްކުރި މި ފައުންޑޭޝަނަކީ އަންހެނުން ބާރުވެރިކުރުވައި، ތިމާވެށި ހިމާޔަތްކޮށް، އެ ފަރާތުން ހިދުމަތްކުރާ މުޖުތަމައުތަކުގެ މުޅި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ފައުންޑޭޝަނެކެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. މި އެލަޔަންސްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޕްލާސްޓިކް މަދުކުރުމާއި އަލުން ބޭނުންކުރުމާއި ރީސައިކަލްކުރުމާއި ރާއްޖޭގެ ނާޒުކު ދިރުންތަކަށް ހުރި ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުން އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މުޖުތަމައުގެ ތެރޭގައި އަލުން ބޭނުންކުރުމަށް މިހާރަށް ވުރެ ބޮޑަށް ވަކާލާތުކުރުން ހިމެނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ