
-
މޫސުން ގޯސްވެ ކަނޑުމަތީގެ 6 ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ, މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވާގޮތުގައި މޫސުން ގޯސްވެ ރޭ އެކަނިވެސް ކަނޑުމަތީގެ 6 ހާދިސާއެއް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މި ހާދިސާތަކުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެ ވަނީ ސަމާލުވެސް ނެރެފައެވެ.
ގުޅުންހުރި

ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 11 ހާދިސާއަކަށް އެޓެންޑުވި!

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 65 މެޑިކަލް އިވެކުއޭޝަން ދަތުރު ކޮށްދީފި




