
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙްގެ ޤަރާރަކުން އުފެއްދެވި މަރު ކޮމިޝަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުވާލައްވައިފިއެވެ.

އެ ކޮމިޝަން އުވާލެއްވުމަށް ރައީސް މުޢިއްޒު ނިންމެވީ އެ ކޮމިޝަނާ ހަވާލުކުރި މަސައްކަތްތައް ނިމިފައިވާތީއެވެ. އެކަން އަންގާފައިވަނީ މިއަދު ރައީސް ނެރުއްވި ޤަރާރަކުންނެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރާއި އަދި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ހިންގުމަށް މިދިޔަ ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދާފައިވަނީ ރައީސް ޞޯލިހްގެ ވެރިކަމުގެ ކުރީކޮޅު، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެ ކޮމިޝަން އުފެއްދެވުމަށްފަހު އޭރުގެ ރައީސް ސޯލިޙް ވިދާޅުވީ، އެ ކޮމިޝަނުގެ މަސައްކަތްތައް ދެ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
އެހެން ނަމަވެސް ވެރިކަން ނިމުނު އިރު ވެސް އެ ކޮމިޝަނުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ނިމިފައެއް ނުވެއެވެ.
މަރު ކޮމިޝަނުން ބެލި ބައެއް މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެއްލުމުގެ މައްސަލައާއި، ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެއެވެ.
ގުޅުންހުރި

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ހާމަވެގެން މިދަނީ ރައީސް ޑރ. މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ހަރުދަނާވެފަ އޮތް މިންވަރު: އަބްދުއްރަހީމް

އިތުރު ބާރުތަކާއެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން އުފައްދަވައިފި





