logoEN
cocacola
މާފުށީ ބީއެމްއެލް ބްރާޗުން މިހާރު ޑޮލަރުގެ މުއާމަލާތްތައް ކުރެވޭނެ!

މާފުށީ ބީއެމްއެލް ބްރާޗުން މިހާރު ޑޮލަރުގެ މުއާމަލާތްތައް ކުރެވޭނެ!

އަހުމަދު ޝުރާއު

logo

6/2/2024, 11:45:23 AM

# ބީއެމްއެލް

ބީއެމްއެލް މާފުށީ ބްރާންޗު

ބޭންކް އޮފް މޯލްޑިވްސްގެ މާފުށި ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ.

ގޮސިޔާ

ބީއެމްެލުން މިއަދު ބުނީ މާފުށީ ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އައު ހިދުމަތްތަކެއް މިހާރު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

"މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، މި ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިންގ ހިދުމަތަށް އޮތް ޑިމާންޑްވެސް މިވަނީ ބޮޑުވެފަ. މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި މިރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ބީއެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ