logoEN
cocacola
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައިގެން 25000 ރުފިޔާ ހޯދުމުގެ ފުރުސަތު

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައިގެން 25000 ރުފިޔާ ހޯދުމުގެ ފުރުސަތު

އަހުމަދު ޝުރާއު

logo

5/30/2024, 5:58:05 PM

# ބީއެމްއެލް

ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.

ގޮސިޔާ

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް 25،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 28 ޖޫން 2024 ގެ ނިޔަލަށެވެ.

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ބުކިންގ.ކޮމް އަދި ޑައިނިންގ އެކްސްޕީރިއަންސް ފަދަ އޮފަރތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓްވެސް ހޯދޭނެއެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެއެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކާޑެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ