
ފިޝަރީޒް މިނިސްޓަރ
ހއ ބާރަށުގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް އެޅުަމަށް މަޝްވަރާކޮށްފި އެވެ.

މިކަން ހާމަކުރީ މިއަދު ފިޝަރީޒް މިނިސްޓްރީއިން ހއ. ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ޝުޖާޢު އަދި އެދާއިރާގެ ބައެއް އިސް ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.
އެގޮތުން ފިޝަރީޒް މިނިސްޓްރީއިން ބުނީ މިނިސްޓަރ އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ހއ ބާރަށުގައި ސްޕޯޓްސް ފިޝިންގް ބަނދަރެއް ޤާއިމު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި މީގެ އިތުރުން މި ބައްދަލުވުމުގައި ހއ. ބާރަށު ސަރަޙައްދުގައި އެޅުމަށް ހަމަޖެހިފައިވާ ވަދު ކަނދުފައްޗާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދާއިރާގެ މެމްބަރާއި ޙިއްސާކުރެވުނު ކަމަށްވެސް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީއިން ދަނީ އަލަށް އިންތިހާބުވެ ހުވާކުރެއްވި 20 ވަނަ މަޖިލީހުގެ މެމްބަރުންނާއި ވަކި ވަކިން ބައްދަލުކުރައްވައި ދާއިރާތަކުގައި އެމިނިސްޓްރީގެ ފަރާތުން ކުރިޔަށްގެންދާ މަޝްރޫތަކާއި ތަފްސީލް އައު މެމްބަރުންނާއި ހާމަކުރައްވަމުންނެވެ.,
ގުޅުންހުރި

ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
.png&w=3840&q=75)
ބާރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތާއި އެކު ބޮޑު އޮޕަރޭޝަނެއް!




