logoEN
cocacola
96,000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ދިރާސީ އާއަހަރު ފެށިއްޖެ

96,000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ދިރާސީ އާއަހަރު ފެށިއްޖެ

އަހުމަދު ޝުރާއު

logo

5/26/2024, 5:34:40 AM

# އެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އައު އަހަރު ފެށުން :- ފޮޓޯ | ސަން އޮންލައިން

96,000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ރާއްޖޭގެ ދިރާސީ އާ އަހަރު ފަށައިފި އެވެ.

ގޮސިޔާ

މިއަދު ދިރާސީ އާ އަހަރު ފެށުނީ ސަރުކާރުގެ 217 ސްކޫލެއްގައި 83000 އަށްވުރެ ގިނަ ދަރިވަރުންނާއި ޕްރައިވެޓް ސްކޫލުތަކުން 13000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކުގައި އެވެ. ޖުމުލަ 96,000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ދިރާސީ އައު އަހަރު ފެށުނު އިރު ތައުލީމީ ނިޒާމް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މިއަހަރު 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ތައުލީމު ހާސިލުކުރާނެއެވެ. އަދި މިއަހަރު 12662 މުދައްރިސުން ސްކޫލްތަކުގައި މަސައްކަތްކުރާ އިރު މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 10729އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1933އެވެ.

ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންތައް ތައުލީމް ހާސިލުކުރަމުންދާ މާލެ ސަރަހައްދުގައި މިއަހަރު ޖުމުލަ 26,000 ދަރިވަރުން ތައުލީމް ހާސިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ ސްކޫލުތަކުގައި 17,000 ކުދިން ތައުލީމްހާސިލުކުރާނެ އެވެ. އަދި 9,000 ދަރިވަރުން ތައުލީމް ހާސިލުކުރާނީ މާލެ ސަރަހައްދުގެ ޕްރައިވެޓް ސްކޫލުތަކުގައި އެވެ.

އެޑިކުކޭޝަން މިނިސްޓްރީއިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މާލެ ސަރަހައްދުގެ ސްކޫލުތަކަށް 2250 ކުދިން ވަނީ ގުރޭޑު 1އަށް ވައްދާފައެވެ. އަދި ގުރޭޑު 1 ފިޔަވައި އެހެނިހެން ގުރޭޑުތަކަށް ވަނުމަށް 2081 ދަރިވަރަކު ވަނީ ވައްދާފައި އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަތޮޅު ތެރެއިން 1,126 ދަރިވަރުން ބަދަލުވެފައިވެއެވެ.ސަރުކާރުގެ 217 ސްކޫލްގެ ތެރެއިން 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަން އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު 55 ސްކޫލެއްގައި ދެ ދަންފަޅިއަށް އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެ އެވެ.

ސެޓެލައިޓް ސްކޫލުތަކުގެ ގޮތުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ފެހެންދޫ ސްކޫލާއި ފުޅަދޫ ސްކޫލު، ކޮނޑޭ ސްކޫލު، ރަކީދޫ ސްކޫލު، އަދި ވ. ތިނަދޫ ސްކޫލާއި އދ. ދިއްދޫ ސްކޫލް ގައި އެވެ.

މިއަދު ފެށި ދިރާސީ އައު އަހަރު ނިމޭނީ އަންނަ އަހަރުގެ މާރޗު 6 ގައި އެވެ. އަދި މި ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމް ސެޕްޓެމްބަރ 26 ގައި ނިމޭއިރު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އޮކްޓޯބަރު މަހުގެ 6 ގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ