
ޑީއާރުސީ މެންސް ބަލިކޮށް ސްކޯޕިއަންސް އިން މުބާރާތް ފެށީ އިތުބާރާއެކު
# ޑަބްލިއުޑީސީ ވޮލީބޯޅަ ޓޯނަމަންޓް 2024# ދިވެހި ކުޅިވަރު # ވޮލީ ކޯޓުޑީއާރުސީ މެންސް އާއި ސްކޯޕިއަންސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ތިނދޫ ސިޓީ ޑަބްލިއުޑީސީ ޕޭޖުން
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ޑަބްލިޔުޑީސީ ވޮލީބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަންގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ސީދާ ތިން ސެޓުން ޑީއާރުސީ މެންސް ބަލިކޮށް ސްކޯޕިއަން އިން މުބާރާތް ފެށީ އިތުބާރާ އެކުގައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ސްކޯޕިއަންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ފަސޭހަކަމާއެކު އެޓީމުން ކާމިޔާބުކުރީ 10-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ވެސް ޑީއާރުސީ މެންސްގެ ފަރާތުން އެޓޭކިން އާއި ޑިފެންސްކުރުމުގައި ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ސްކޯޕިއަންސް ދެވަނަ ސެޓު ވެސް ކާމިޔާބުކުރީ 25-10 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ޑީއާރުސީ މެންސް އިން ވަނީ އެޓީމުގެ އެޓޭކުތަކާއި ޑިފެންސް ވެސް ރަނގަޅުކޮށްފައެވެ. އަދި މިސެޓުގައި ދެޓީގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސްކޯޕިއަންސް އިން މިސެޓު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 24-26 އިންނެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސްކޯޕިއަންސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ސްކޯޕިއަންސްގެ ޖަޒީ ނަންބަރު 6 އިބްރާހިމް އަހުމަދު އެވެ.
މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަހަރު ހަ ޓީމަކުން ބައިވެރިވެފައި ވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަ ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025 ގެ ގުރުލުން ބާއްވައިފި

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖުގައި މިއަހަރު 32 ޓީމު ބައިވެރިވެއްޖެ
އައިއެޗްއެފް ޓްރޮފީ ވުމެންސް ޒޯން 3 ގެ ރެފްރީންގެ ގޮތުގައި ރައްފު އަދި ޝިޒޫ
