
ފޮޓޯ: މާރެސް
ބ.މާޅޮހުގައި ބާއްވާ މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތް 2026 ޖުލައި 20 ގައި ފެށުމަށް ތައްޔާރު ވަމުންދާކަމަށް މާރެސް އިން ބުނެފިއެވެ.

މިއީ ބ. އަތޮޅުގެ ރިޒޯޓް ތަކަށާއި އަތޮޅާއި އަތޮޅުން ބޭރުގެ ބައެއް ރަށްތަކަށް ދައުވަތު ދީގެން، މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ގެ ފަރާތުން އިންތިޒާމުކޮށްގެން 2022 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.
އެހެން ނަމަވެސް މިއަހަރުގެ މުބާރާތުގައި އަތޮޅުގެ ރަށްތަކުންނާއި ރިޒޯޓްތަކުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ ރަށްރަށަށްވަނީ ދައުވަތުފޮނުވާފައެވެ. މާރެސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަތޮޅު ވޮލީބޯޅަ މުބާރާތާއި ރަށު ވޮލީބޯޅަ މުބާރާތާއި އަދި ބ. އަތޮޅުރިޒޯޓްތަކަށް ހާއްސަކޮށްގެންބާއްވަމުން އަން މުބާރާތް ވެސް މިއަހަރުން ފެށިގެން ވަނީ އެއްމުބާރާތެއްގެ ގޮތުގައި ބަދަލުކޮށްފައެވެ. މީގެ ބޭނުމަކީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ވާދަވެރިކަން އިތުރުކުރުމާއި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމެވެ.
ޖުލައި މަހުގެ 20 ވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 8 ޓީމަކުންވާދަކުރާނެއެވެ. އެއީ އަތޮޅުގެ ރިޒޯޓުތަކުން 3 ޓީމަކާއި ބ. އަތޮޅުގެ 4 ޓީމަކާއި އަދި ޅ.އަތޮޅުން ނައިފަރުން ޓީމެކެވެ. ބ. އަތޮޅުން ބައިވެރިވީ ކަމަދޫ، ފުޅަދޫ އަދި މާޅޮހުން 2 ޓީމެވެ. އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން ފޯސީޒަން ލަނޑާ ގިރާވަރު، ފިނޮޅު މޯލްޑިވްސް، ސޮނެވާފުށި ބައިވެރިވިއިރު، ނައިފަރުން ބައިވެރިވެފައިވަނީ އެރަށު ނައިބޮލި ވޮލީޓީމެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ހޯދާފައިވަނީ ދުސިތު ތާނީ މޯލްޑިވްސް، އަދި 2023 ވަނަ އަހަރު ވައްކަރު މޯލްޑިވްސް، 2024 ވަނަ އަހަރު ފިނޮޅު ހޯދިއިރު 2025 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރީ އަމިއްލަފުށްޓެވެ.
މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ގައުމީ ލެވެލްގެ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ކުޅުންވެސް ފެނިގެންދާނެއެވެ. އެހެންކަމުން މިމުބާރާތް ވެގެންދާނީ އަތޮޅުތަކުގައިބާއްވާ މުބާރާތްކުތެރެއިން އެންމެ ވަރުގަދަ އެއް މުބާރާތަށެވެ. އަދި ހާއްސަކޮށް ބ. އަތޮޅުގައި ބާއްވާ އެންމެބޮޑު އަދި އަތޮޅުގެ ރަށްތަކުން ވާދަކުރާ ހަމައެކަނި ވޮލީ މުބާރާތަށެވެ.
ގުޅުންހުރި

މާރެސް އިންވިޓޭޝަންކަޕް ވޮލީބޯޅަ މުބާރާތުގައި މިއަހަރު 8 ޓީމު

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ، އެކަމަށް ޝައްކެއް ނެތް: ވަޒީރު

މާޅޮހު ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނަން - ރައީސް




