logoEN
cocacola
ޖަމްއިއްޔާތަކުގެ މަހާސިންތާ ވިލިނގިލީގައި ފެށިގެން ކުރިޔަށް!

ޖަމްއިއްޔާތަކުގެ މަހާސިންތާ ވިލިނގިލީގައި ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

5/25/2024, 3:09:07 PM

# ޔޫތު މިނިސްޓްރީ

ޖަމިއްޔާތަކުގެ މަހާސިންތާ ކުރިޔަށް ދަނީ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓުން ކުރިޔަށް ގެންދާ "ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" މިއަދު ގއ ވިލިނގިލީގައި ފަށައިފި އެވެ.

ގޮސިޔާ

60 އަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ފެށި މި މަހާސިންތާ ކުރިޔަށް ދަނީ ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އިބްރާހިމް ވަހީދު އެވެ.

މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ވަނީ ރާވާފައެވެ.

މި މަހާސިންތާގެ މަގުސަތުތަކުގެ ތެރޭގައި ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމްއިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން އަދި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ އަންނަ ހަފްތާގައި ހޯމަ ދުވަހުގެ ނިޔަލަށެވެ.

މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ