logoEN
cocacola

ފޭސް 2 އާއި ޒެފްރޯލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

12 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަންގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ގުރޫޕް ސީގެ ފޭސް ޓޫ އެސްސީއީ އާއި ކުލަބު ޒެފްރޯލް ވާދަކުރި މެޗު 21-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒެފްރޯލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

ވިއްސާރަވެ މޫސުމް ގޯސްވުމުގެ ސަބަބުން ދެދުވަހަށް މުބާރާތުގެ ކުޅުން މެދުކަނޑާލުމަށްފަހު މިއަދު އަލުން ކުޅުން ފެށިއިރު، މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 4-15 ގެ ނަތީޖާއަކުން ޒެފްރޯލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ފޭސް ޓޫ އިން އެޓީމުގެ ކުޅުންރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި ދެޓީމުގެ ފަރާތުން ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ.

ނަތީޖައެއްގެ ގޮތުން ޒެފްރޯލް އިން ދެވަނަ ހާފުގައި އިތުރު ހަ ލަނޑު ކާމިޔާބުކުރިއިރު ފޭސް ޓޫ އިން ވެސް ވަނީ އިތުރު ފަސް ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްފައެވެ.

undefinedފޭސް 2 އާއި ޒެފްރޯލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

މިމެޗުގައި ޒެފްރޯލުގެ ޚަދީޖާ އަޒްނާ އަބްދުﷲ އަދި މަރިޔަމް މަނާލް މިއިން ކޮންމެ ކުޅުންތެރުއެއް ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ޝަފާ އަދި އާމިނަތު ހިބާ ފައިސަލް މިއިން ކޮންމެ ކުޅުންތެރުއެއް ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ރުގިއްޔާ މާއިލާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު އީޝާ، ޝަހުމާ މުހައްމަދު ވަހީދުގެ އިތުރުން އައިޝަތު ނިޝްވާ އިގްބާލު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން މިމެޗިގައި ފޭސް ޓޫގެ އައިޝަތު ލައިޒާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހުސްނާ މުހައްމަދު އަދި މަރިޔަމް އަރީޝާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ނިހާޔަތު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ޒެފްރޯލްގެ މަރިޔަމް މަނާލް އެވެ.

undefinedފޭސް 2 އާއި ޒެފްރޯލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ އެވެ. އަދި ސެމީ ފައިނަލް ދެމެޗު ޖޫން ދެވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވައިރު، ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ