
ވީއައިއޭ
މިހާރު މާލެ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ މައި އެއާޕޯޓް, ވީއައިއޭގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބައެއް ފްލައިޓުތައް ވަނީ ޑިލޭވެފައި އެވެ. އަދި ބައެއް ފްލައިޓުތައް ނުޖެއްސި ގިނަ އިރު ވައިގެ ތެރޭގައި މަޑުކުރަން ވެސް ވަނީ ޖެހިފައި އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ފްލައިޓުތަކާއި ޑޮމެސްޓިކް ފްލައިޓުތައް ވެސް ހިމެނެއެވެ.
ވީއައިއޭއިން މިއަދު ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަންތަކަށް ބުރޫއަރާފާނެތީ އެކަމަށް ސަމާލުވުމަށް ފަސިންޖަރުންނަށް އިލްތިމާސްވެސް ކޮށްފައި އެވެ.
60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވީއައޭ ހިމެނޭ ސަރަހައްދަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނުން ފެށިގެން ވަނީ އޮރެންޖު އިންޒާރު ނެރެފައި އެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpg?w=3840&q=75)

.jpg?w=3840&q=75)


