
ރާފިލް
ރާއްޖެ މާކެޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން, އެމްއެމްޕީއާރްސީގެ ބޯޑުގައި ހިމެނޭ މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

ގާފު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވި ރާފިލް މުހައްމަދު އެވެ. ރާފިލް އަކީ އެމްއެމްޕީއާރްސީގެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރެވެ. އެގޮތުން ރާފިލް އިސްތިއުފާ ދެއްވީ މީގެ ދުވަސްތަކެއް ކުރިން ކަމަށް މައުލޫމާތު ލިބެއެވެ.
އިތުބާރުހުރި މަސްދަރަކުން ވަނީ ރާފިލް މަގާމުން އިސްތިއުފާ ދެއްވިކަން ގާފު ނޫހަށް ކަށަވަރުކޮށްދީފައި އެވެ. އެގޮތުން ރާފިލް އިސްތިއުފާ ދެއްވީ ބޯޑުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެމްޕާއާރްސީ ބޯޑުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވެސް ވަނި ރޭގެ ވަގުތެއްގައި ބޯޑުގެ ޗެއާޕާސަން ކަމުންނާއި ބޯޑުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައި އެވެ. އެކަން ޕީސީބީއިން މިއަދު ވަނީ ކަށަވަރުކޮށްދީފައި އެވެ.
އެމްއެމްޕީއާރްސީގެ މެމްބަރުންތަކެއް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވަމުން ގެންދަވާ ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާއިރު މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަން ގާފު ނޫހަށް ވަނީ އެނގިފައި އެވެ.
ގުޅުންހުރި

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީއާއި ދެމެދު އެއްބަސްވުމެއް!

އިންޑިއާގެ މަޝްހޫރު ކްރިކެޓު ޓީމް މުމްބާއީ އިންޑިއަންސްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

އެމްއެމްޕީއާރުސީގެ މިއަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އުކުޅަހުގައި!
