logoEN
cocacola
ޔޫރޯއަށްފަހު ކުރޫސް ކުޅުން ހުއްޓާލަނީ

ޔޫރޯއަށްފަހު ކުރޫސް ކުޅުން ހުއްޓާލަނީ

ހަސަން ޝަމްއޫން

logo

5/21/2024, 3:03:32 PM

# ރެއާލް މެޑްރިޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ޓޯނީ ކްރޫސް

ޓޯނީ ކުރޫސް

ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް، ކުރިއަށް އޮތް ޔޫރޯ 2024 އަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ނިންމާފައިވާކަން މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށްފުއެވެ.

ގޮސިޔާ

އުމުރުން 34 އަހަރުގެ މިޑްފިލްޑަރު ރެއާލް މެޑްރިޑަށް ކުޅެދޭނެ އެންމެ ފަހު މެޗަކީ ޖޫން އެއްވަނަ ދުވަހު ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށް ކުޅޭ މެޗެވެ.

ކުރޫސް މިއަދު ސޯޝަލްމިޑިއާފައި ލިޔެފައިވާގޮތުން 2014 ވަނަ އަހަރުގެ ޖުލައި 17 ވަނަ ދުވަހު ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ދުވަހުން ފެށިގެން އަހަރެންގެ ދުރިއުޅުމަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ޚާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ.

"އަހަރެން އަބަދުވެސް ބޭނުންވަނީ ކެރިއަރުގެ އެންމެ އުހުގައި ސީޒަން ނިންމާލަން. އަހަރެން އުފާވޭ އަހަންނަށް އެންމެ ރަނގަޅު ފެންވަރުގައި ކެރިއަރު ނިންމާލެވޭތީ. އަހަރެން ނިންމުން ނިންމީ އަލިއްލައަށް ގިނަ ކަންތައްތަކެއް ވިސްނާފައި،" ކްރޫސް ބުންޏެވެ.

ކްރޫސް މީގެ ކުރިންވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ. 2021 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، މިހާރުގެ ހެޑް ކޯޗު، ޖޫލިއަން ނާގެލްސްމަންއާއި ވާހަކަ ދެއްކުމަށްފަހު އަލުން އެނބުރި ގައުމީ ޓީމާއި ގުޅުނުނީ މުއަހަރުގެ މާޗު މަހުގައެވެ. އޭގެ ފަހުން ކްރޫސް ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިދީފައެވެ. މުއާއެކު ޔޫރޯގައި ވާދަކުރުމަށް އެކުލަވާލި ސްކޮޑުގައިވެސް ކޯޗު އޭނާ ހިމަނާފައިވެއެވެ.

ކުރޫސް ވަނީ ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރެއާލް މެޑްރިޑަށް 463 މެޗު ކުޅެ 28 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެކުލަބާއެކު ލަލީގާ ހަތަރު ފަހަރު، ސްޕެނިޝް ސުޕަކަޕް ހަތަރު ފަހަރު، ކޮޕާ ޑެލްރޭ އެއްފަހަރު، ޔުއެފާ ސުޕަކަޕް ތިން ފަހަރު، ޔުއެފާ ޗެންޕިއަންސް ލީގު ހަތަރު ފަހަރު އަދި ކުލަބު ވޯލްޑްކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ޖަރުމަނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކުރޫސް ވަނީ ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް 108 މެޗު ކުޅެ 17 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ