logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ޕްރޯ ސްޕޯޓްސް އެކަޑަމީ ބަލިކޮށް  ޕޮލިހުން މުބާރާގެ ފެށުން ރަނގަޅުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ޕްރޯ ސްޕޯޓްސް އެކަޑަމީ ބަލިކޮށް ޕޮލިހުން މުބާރާގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

5/21/2024, 12:01:58 PM

# ހޭންޑްބޯލް މޯލްޑިވްސް# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯޅަ# ދިވެހި ކުޅިވަރު

ޕޮލިސް ކުލަބާއި ޕްރޯ ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ގުރޫޕް ބީގައި މިއަދު ހަވީރު ޕޮލިސް ކުލަބާއި ޕްރޯ ސްޕޯޓްސް ވާދަކުރި މެޗު 13-20 ގެ ނަތީޖާއަކުން މޮޅުވެ ޕޮލިހުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިމެޗަކީ ފުރަތަމަ ހޯމަ ދުވަހުގެ ހަވީރު ކުޅެން ތާވަލު ކުރެވިފައި އޮތް މެޗެކެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުން 18 މިނެޓު ކުޅެވުނުތަނާ، ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަަބަބުން މެޗު ކުރިއަށް ގެންދެވޭގޮތް ނުވުމުން މިއަދަށް މިމެޗު ރީޝެޑިއުލް ކުރީއެވެ. އަދި މިމެޗު ފަށާފައިވަނީ އިއްޔެ މެޗު ނިންމާލި ހިސާބުންނެވެ.

ދެޓީމުގެ ފަރާތުން ވާފަވެރި ކުޅުމެއއ ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 6-8 ގެ ނަތީޖާއަކުން ޕްރޯ ސްޕޯޓްސް އެކަޑެމީ ކުރީގައި އޮވެގެންނެވެ. ނަމަވަސް މެޗުގެ ދެވަނަ ހާފުގައި ފޮލިސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ޕޮލިހުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕްރޯ ސްޕޯޓްސް އެކަޑެމީއަށް ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ.

މިމެޗުގައި ޕޮލިސް ޓީމުގެ އަމިނަތު ރިޝާތާ ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފާތުމަތު އަނާލް އަދި ފަތުމަތު ލިއުޝާ މިއިންކޮންމެ ކުޅުންތެރިއެއް ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެޓީމުގެ މަރިޔަމް ރާޝިދާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމުނަތު ލީޒާ އަދި ރާނިޔާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެތިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ޕްރޯ ސްޕޯޓްސް އެކަޑަމީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ޕްރޯ ސްޕޯޓްސް އެކަޑަމީގެ ޝަހިޔާ އާދަމް ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަރިޔަމް ދީނާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެއިތުރުން އެޓީމުގެ ފާތުމަތު ޝަފާ އަހުމަދު، އައިޝަތު މިންހާ މުހައްމަދު، ޒަހާ ހުސެއިންގެ އިތުރުން އާސިޔަތު އަހުމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އަމިނަތު ރިޝާތާ އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ އެވެ. އަދި ސެމީ ފައިނަލް ދެމެޗު ޖޫން ދެވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވައިރު، ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ