
ތިނަދޫ ސިޓީގައި ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން ކުޅިވަރުތައް ހިންގުމަށް ހުވަދޫ ރެކްރިއޭޝަނާއި ހަވާލުކޮށްފި
# ތިނަދޫ ސިޓީ ކައުންސިލް# ހުވަދޫ ރެކްރިއޭޝަންތިނަދޫ ސިޓީ ކައުންސިލާއި ހުވަދޫ ރެކްރިއޭޝަނާއި ދެމެދު ސޮައިކުރުން
މިއަހަރުގެ އަޟްހާ އީދު ތިނަދޫ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތިނަދޫ ސިޓީގައި ކުޅިވަރުތައް ހިންގުމަށް ހުވަދޫ ރެކްރިއޭޝަނާއި ތިނަދޫ ސިޓީ ކައުންސިލުން ހަވާލުކޮށްފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބޮޑު އީދުގައި ކުޅިވަރުތައް ހިންގުމަށް ހުވަދޫ ރެކްރިއޭޝަނާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި އެވެ. މި އެއްބަސްވުމުގައި ތިނަދޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުالله އަލީ އެވެ. އަދި ހުވަދޫ ރެކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވި އެޖަމިއްޔާގެ ރައީސް އިބްރާހިމް މުހައްމަދު އެވެ.
އީދުގައި ކައުންސިލުން ކުރިޔަށް ގެންދާ ކުޅިވަރުތައް ހިންގާނެ ޖަމިއްޔާއެއް ހޯދުމަށް ތިނަދޫ ސިޓީ ކައުންސިލުން އިއުލާނުކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ހުވަދޫ ރެކްރިއޭޝަނަށް މި މަސައްކަތް ހަވާލުކުރީ އެޖަމިއްޔާއިން ހުށަހެޅި ޕްރޮޕޯސަލްގައި ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުން ތިނަދޫގެ އީދު ކުޅިވަރުގެ ގޮތުގައި ކުޅެމުންދާ ކުޅިވަރުތަކުގެ ތެރެއިން މި އަހަރުޖަމިއްޔާއެއްގެ ފަރާތުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކަށް ބެލުމަށް ފަހުގައި އެވެ.
ކައުންސިލުން އީދުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި މަސްރޭހަކާއި ފައިގެތަޅާ މުބާރާތެއްގެ އިތުރުން މާދެމުމުގެ ހަރަކާތެއްވެސް ހިމެނެއެވެ. މީގެ އިތުރުންވެސް ތަފާތި ގިނަ ހަރަކާތްތަކެއް ކައުންސިލާއި ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
މިއީ ތިނަދޫ ސިޓީގައި އީދު މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ގުޅުންހުރި

ތިނަދޫ ސިނާއީ ބިންތަކުން ކުލީގެ ގޮތުގައި ނުލިބި 29.9 މިލިއަން ރުފިޔާ: ކުލި ނުދައްކާ މީހުންގެ ލިސްޓުގައި މެމްބަރު ސައުދުالله ވެސް ހިމެނޭ!

ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ތިނަދޫ ސިޓީގެ މޭޔަރާއ ޑެޕިއުޓީ މޭޔަރު ޗައިނާއަށް!

ތިނަދޫ ހޮސްޕިޓަލް ކުރިމަތީގައި އޮންނަ މައިޒާން ތަރައްޤީކުރާނެ ބަޔަކު ހޯދަނީ
