logoEN
WAMCO TOP 1
މޫސުން ގޯސްވާނެތީ މުދަލާއި ގެދޮރު ރައްކާތެރިކޮށް ސަމާލުވުމަށް ޑިޒާސްޓާ އޮތޯރިޓީން އެދިއްޖެ

މޫސުން ގޯސްވާނެތީ މުދަލާއި ގެދޮރު ރައްކާތެރިކޮށް ސަމާލުވުމަށް ޑިޒާސްޓާ އޮތޯރިޓީން އެދިއްޖެ

# ވިއްސާރަ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި --- ފޮޓޯ/ސަން

މޫސުން ގޯސްވާނެތީ ގެދޮރާއި މުދާ ރައްކާތެރިކޮށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން އެދިއްޖެއެވެ.

THE TRAVELLER AD

އެ އިދާރާއިން ނެރުނު އިރުޝާދުގައި ބުނީ، ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް އުތުރާއި އަދި މެދުރާއްޖެއަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ވެސް ގަދަވެ، ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދީފައިވާ ކަމަށެވެ.

އެހެން ކަމުން ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެބީދާއިން ކުރެވިދާނެ ބައެއް ކަންކަން ކަމުގައި އެ އިދާރާއިން ބުނީ:

  1. ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  2. ގެއަށް ފެންނުވަންނާ ނެހެން ރައްކާތެރިވިޔަވަޅު އަޅައި، ގޭގެ ދޮރުމަތި ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
  3. ގޭތެރޭ ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެންނުޖެހޭ ފަދަ އުސްތަންތަަށް ބަދަލުކުރުން
  4. ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެ ކަމަށް ލަފާކުރެވޭ ނަމަ ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން
  5. ގަދަވައިގެ ސަބަބުން އެއްލާލާނެފަދަ ތަކެތި ބަނދެ ރައްކާތެރިކުރުން
  6. ބޭނުންނުކުރާނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  7. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމާއި ދަތުރަށް ނުކުތުމުގެ ކުރިން ސަލާމަތާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

އެ އިދާރާއިން އެފަދަ އިރުޝާދުތަކެއް ދީފައިވާއިރު، ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް އިއްޔެއިއްސުރެ ނެރުނު ރީނދޫ ސަމާލު މިއަދުވެސް ވަނީ ދަންމާލާފައެވެ. އެގޮތުން ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC