logoEN
WAMCO TOP 1
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރާނީ މިމަހު 31 ގައި!

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރާނީ މިމަހު 31 ގައި!

އަހުމަދު ޝުރާއު

logo

5/19/2024, 2:30:09 PM

# ހައްޖުވެރިން

ހައްޖުވެރިން

1445 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިމަހުގެ ފަހުކޮޅު ފުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

THE TRAVELLER AD

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ހައްޖުވެރިން ފުރުމުގެ އެންމެހައި އިންތިޒާމްތަކެއް މިހާރު ފުރިހަމަ ވެފައިވާ ކަމަށާއި މިކަމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ވަނީ މުއައްސަސާތަކާ ގުޅިގެން ކޮށް ނިމިފައި ކަމަށެވެ.

އެގޮތުން ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރާނީ މިމަހުގެ 31 ވާ ހުކުރު ދުވަހު ކަމަށް އެވުޒާރާއިން ބުނެއެވެ.

ހައްޖުވެރިން ފުރުމުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި މުއައްސަސާތަކާ އެކު މިއަދު އިސްލާމީ ކަންތައްތަކާއި ބެހޭ ޒުވާރާއިން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައި އެވެ. އެ ބައްދަލުވުމުގައި އެމްއޭސީއެލްއާއި , އިމިގްރޭޝަނާއި , ސިފައިންނާއި ފުލުހުންގެ އިތުރުންވެސް ކަމާގުޅުންހުރި އިތުރު އިދާރާތަކުން ވަނީ ބައިވެރިވެފައި އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.

ކޮމެންޓް
ފަހުގެ
HDC