
ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ޕަބްލިކް ސްޕީކިންގ ހުނަރު ރަނގަޅުކުރާނަން - ފައިސަލް
# މިނިސްޓަރ ފައިސަލްފައިސަލް
ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ޕަބްލިކް ސްޕީކިންގ ހުނަރު ރަނގަޅުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް މިފަދައިން ވިދާޅުވެފައިމިވަނީ ބޭރުގެ ބައެއް މީޑިއަތަކަށާއި އެހެނިހެން މުހިންމު ޕްލެޓްފޯމްތަކުގައި އިނގިރޭސިން ވާހަކަދެއްކުމުގައި ކޮށިކަމެއް ހުރުމުގެ ސަބަބުން އޭނާއަށް ގިނަ ފާޑިކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ. ރޭ ސަންގުޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުގެ ކިބައިގައި ރައްޔިތުން ބޭނުންވާ ވަކި ސްޓޭންޑަޑެއް ހުންނަން ޖެހޭކަން ގަބޫލުފުޅުކުރައްވާތީ، ކޯޗެއްގެ އެހީގައި އިނގިރޭސިން ވާހަކަ ދެއްކުމުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމަށެވެ.
"އެބޭފުޅުން އެ ކިޔާ ފާޑުކިޔުންތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން. އަޅުގަނޑުގެ ޕަބްލިކް ސްޕީކިން ވެސް އިރާދަކުރެއްވިއްޔާ ކޯޗެއް ހަޔާ ކޮށްގެން އެ މަސައްކަތް ކުރަން. އަޅުގަނޑު ކުރިއަށް އޮތްތާގައި އިރާދަކުރެއްވިއްޔާ އެކަން ރަނގަޅު ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ކުރިޔަށް އޮތް ހަމަސްދުވަހުގެ ތެރޭގައި އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ.
މިއީ މިފަހުން ރާއްޖޭގެ މިނިސްޓަރަކު އެމަނިކުފާނަށް މިފަދަ ގޮތަކަށް ކިޔަމުން އަންނަ ފާޑުކިޔުންތައް ރަސްމީ ހައިސިއްޔަތަކުން ގަބޫލުފުޅު ކުރައްވައި އެކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި ފުރަތަމަ ފަހަރެވެ.
ފައިސަލް ރޭ ވަނީ އެމަނިކުފާނަށް އަމާޒުކޮށް ފާޑުކިޔާ ފަރާތްތަކަށް އިހްތިރާމް ކުރައްވާނެ ކަމަށާއި ކުރިޔަށް ވަޑައިގަންނަވާނީ ފާޑުކިޔުންތަކާއި އެކުގައި ކަމަށްވެސް ވިދާޅުވެފައި އެވެ.
ގުޅުންހުރި

ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ޕަބްލިކް ސްޕީކިންގ ހުނަރު ރަނގަޅުކުރާނަން - ފައިސަލް

އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މިލްކުވެރިކަން ދިވެހި ޒުވާނުންނަށް ހޯދައިދިނުން - ފައިސަލް

ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ތިން ގައުމެއްގައި އިންވެސްޓްމެންޓް ފޯރަމްތަކެއް ބާއްވަނީ
