logoEN
cocacola
އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މިލްކުވެރިކަން ދިވެހި ޒުވާނުންނަށް ހޯދައިދިނުން - ފައިސަލް

އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މިލްކުވެރިކަން ދިވެހި ޒުވާނުންނަށް ހޯދައިދިނުން - ފައިސަލް

އަހުމަދު ޝުރާއު

logo

5/15/2024, 6:40:42 AM

# މިނިސްޓަރ ފައިސަލް

މިނިސްޓަރ ފައިސަލް

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ދެ ޖިންސުގެ ޒުވާނުނަށްވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މިލްކުވެރިކަން ހޯދައިދެއްވުން ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ ރާއްޖޭގެ ޒުވާނުންނަށް ރާއްޖޭގެ ފަތުުރުވެރިކަމުގައި ފުރުސަތުތައް ފަހިކުރުން ކަމަށާއި ބޭނުންފުޅުވަނީ ޒުވާން އުމުރުގައި ދެޖިންސުގެ ދިވެހިންވެސް ރާއްޖޭގައި ރިސޯޓުތައް ތަރައްޤީކުރުން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގައި 30 ވިޔަފާރިވެރިން ނުއުފެއްދިދާނެ ކަމަށާއި ނަމަވެސް މިއަދު އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި ފަންޑު ލިބޭނެ ގޮތަކަށް ކަންތައްތައް ތަރުތީބު ކުރެވިއްޖެ ނަމަ އާ ޒުވާން ވިޔަފާރިވެރިން އުފެއްދިގެން ދާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި އިންވެސްޓްކުރަން އެންމެ ރަނގަޅު ވަގުތުކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހި ޒުވާނުން ވަދެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައި އެވެ. އަދި ރައީސް މުއިއްޒު މިހާރު ފަތުރުވެރިކަމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ފުރުސަތުތަކުގެ ބޭނުން އެޒުވާނުން ހިފައިގެން ކުރިޔަށް އޮތް 20-25 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މިލްކުވެރިކަން އޮންނާނީ އެޒުވާނުންގެ އަތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއި އެކު މިއަދުގެ ޒުވާނުން އޭރު ތިބޭނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ އިސް ސަފުގައި ތިބޭނެ ކާމިޔާބު ވިޔަފާރިވެރިންގެ ގޮތުގައި ކަމަށް ފައިސަލް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ