
ޝެއިހް މުހައްމަދު ރަޝީދު
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންއަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޗެއާމަންއަކަށް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއި އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން މި ސަރުކާރުން ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ޝަކީލް އެވެ.
2013 ވަނަ އަހަރު އުފައްދަވާފައިވާ ހައްޖު ކޯޕަރޭޝަން އަކީ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ.
އެ ކުންފުނީގެ ބޭނުމަކީ ޙައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުމެވެ.
ގުޅުންހުރި

ދިވެހި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ޚާއްސަ ހަވީރެއް!

ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުން އެފްޑީސީއަށް!

ހައްޖު ކޯޕަރޭޝަނުގެ "މުވައްޒަފުންގެ ސްކީމް"ގައި ވެމްކޯއިން ބައިވެރިވެއްޖެ
