logoEN
Sto top
ނަފްސާނީ މައްސަލަތަކަށް ޅެމުން ފަރުވާދޭން ބޭންކުރާ ފަރުވާއަށް "ޅެންފަރުވާ" ގެ ނަމުން ނަންދީފި

ނަފްސާނީ މައްސަލަތަކަށް ޅެމުން ފަރުވާދޭން ބޭންކުރާ ފަރުވާއަށް "ޅެންފަރުވާ" ގެ ނަމުން ނަންދީފި

އަހުމަދު ޝުރާއު

logo

5/19/2024, 6:26:36 AM

# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ވަޒީރު އާދަމް ނަސީރު

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހިބަހުން ކިޔާނެ ނަމެއް ކަނޑައަޅުއްވައި އެ ނަން ފާސްކުރައްވައިފިއެވެ.

Wamco

ބަސްކޮމިޓީން ނިންމައިފައި ވަނީ “ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަމަކީ “ޅެންފަރުވާ” ކަމަށެވެ. އަދި ދިވެހިބަހުގައި އެ ނަމުގެ މާނައަކީ “ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް” މިއީ ކަމަށް ބަސްކޮމިޓީގެ ނިންމުމުގައިވެއެވެ.

މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނުއްވައިފައެވެ.

މިއާއެކު، ޅެންފަރުވާގެ ޢިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާއެއްގައި މިމަހުގެ 22 ވަނަ ދުވަހު ސޮއިކުރުމަށް ވަނީ ނިންމާފައި އެވެ.

މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެއެވެ. މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ސަގާފަތާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އބްރާހީމް އިޢުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރައިފައިވާ މުޖުތަމަޢުތަކުގައި ހިފާ ޢިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހީންގެ ތެރޭގައި ވެސް އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށް ޓަކައި މުހިންމުކަމެކެވެ.

ޅެންފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާ މި ވުޒާރާގެ ފަރާތުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އަދި ދަމަަނަވެށީގެ ފަންނީ ބައެއް ބޭފުޅުންނާއެކު މަޝްވަރާ ކުރެވިފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside