logoEN
cocacola
ވަޒީރު އާދަމް ނަސީރު ޔުނެސްކޯގެ ސަރަހައްދީ ޑިރެކްޓަރާއި ބައްދަލުކުރައްވައިފި

ވަޒީރު އާދަމް ނަސީރު ޔުނެސްކޯގެ ސަރަހައްދީ ޑިރެކްޓަރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

6/11/2024, 11:20:16 AM

# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

--

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސްއާ ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު އެ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޓިމް ކަރޓިސް ވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގޮތުން ޔުނެސްކޯއިން 2003 ވަނަ އަހަރު އެކުލަވައިލި މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވަޒީރު ވަނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ފަހުގެ އަދާހަމަ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ތަރުހީބުދެއްވާ ކަމުގައި ވިދާޅުވެ، އެފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޓިމް ކަރޓިސްވަނީ ވިދާޅުވެފައެވެ.

ޓިމް ކަރޓިސްއަކީ ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ