logoEN
Sto top
ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

5/19/2024, 4:42:14 AM

# އުއްތަމަ ފަނޑިޔާރު

ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައި އިމާރާތް ހުޅުވުން

ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުއްވައިފި އެވެ.

Wamco

އެރަށުގައި އޮތް ރަސްމިއްޔާތެއްގައި އައު އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ.

ބަނޑިދޫ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމުގެ އިތުރުން އިހްސާންތެރިކަން އިސްކުރުމަކީ ހުރިހާ ފަނޑިޔާރުންގެ ވާޖިބެއް ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިުތރުން އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު ޝަރުއީދާއިރާގެ ކަންކަން ހިންގާ ބަލަހައްޓަމުން އަންނަ ގޮތްތަކަށްވެސް ބަދަލު އަންނަން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާންގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައިސީޖޭއޭ ދެއްކެވި ވާހަކަފުޅުގައި ކޯޓުތަކުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިންސާނީ ވަސީލަތްތައް އިތުރުކުރުމަށާއި ޒަމާނީ ޓެކްނޮލޮޖީ ކޯޓުތަކުގައި ޤާއިމްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ. އަދި އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި ދ. ބަނޑިދޫ ކައުންސިލާއި، ކޮންޓްރެކްޓަރާއި، ދ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުން އަދި ޑީޖޭއޭގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ސީޖޭއޭ ޝުކުރު ދެންނެވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside