logoEN
cocacola
 ފަސޭހަކަމާއެކު ހިޔާ ބަލިކޮށް އޮރިކްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ފަސޭހަކަމާއެކު ހިޔާ ބަލިކޮށް އޮރިކްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

5/15/2024, 5:50:07 PM

# ހޭންޑްބޯޅަ# ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

އޮރިކްސް އާއި ހިޔާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ އޮރިކްސް އެޗްސީ އާއި ހިޔާ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 10-43 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އޮރިކްސް އެޗްސީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މިމެޗުގެ ފުރަތަމަ ހާފުގައި އޮރިކްސްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 17-4 ގެ ތަފާތުބޮޑު ނަތީޖާއަކުން އޮރިކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން އިތުރު 26 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ހިޔާ އިން ވެސް ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

undefinedއޮރިކްސް އާއި ހިޔާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އެގޮތުން މިމެޗުގައި އޮރިކްސްގެ ރަފާހާ އިބްރާހިމް 11 ލަނޑު އަދި އެޓީމުގެ އާމިނަތު ޝޫޒާގެ އިތުރުން ޒުލޭޚާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއެއް 8 ލަނޑު ކާމިޔާބުކުރިއިރު، ފާތުމަތު އަރޫޝާ ވަނީ ހަލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ އައިޝަތު ރީމާ އަދި ފާތުމަތު ޝިފާ ތިން ލަނޑު ކާމިޔާބުކުރިއިރު، އާމިނަތު ޝުދާ އަދި އާމިނަތު ނަހީން އަހުމަދު މިއިން ކޮންމެ ކުޅުންތެރިއެއްވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

undefinedއޮރިކްސް އާއި ހިޔާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

މިމެޗުގައި ހިޔާގެ ޝަރީފާ ހުސެއިން ހަލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ފަރީދާ އިބްރާހިމް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ފާތުމަތު އަހުމަދު އަދި އާމިނަތު ލީނާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރިކްސްގެ ރަފާހާ އިބްރާހިމް އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވޭއިރު، ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ރޭ އެވެ. އަދި ސެމީ ފައިނަލް ދެމެޗު ޖޫން ދެވަނަ ދުވަހު ކުޅުމަށް ތާވަލުކުރެވިފައިވައިރު، ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ